ޚަބަރު ސަރުކާރު

މި އަހަރުގެ ޒުވާނުންގެ އެވޯޑު ކެންސަލް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ޒުވާނުންގެ އެވޯޑް ކެންސަލްކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީއިން މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO
ޔޫތު މިނިސްޓްރީއިން މިއަދު ވިދާޅުވީ، މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މަހުގެ 22 ގައި ދިނުމަށް ހަމަޖެހިފައިވާ ޒުވާނުންގެ އެވޯޑަށް އެކަށިގެންވާ އަދަދަކަށް ކުރިމަތިލާފައިނުވާ ކަމަށެވެ.
އެހެންވެ މި އަހަރުގެ ޒުވާނުންގެ އެވޯޑް ކެންސަލްކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީއިން ވިދާޅުވިއެވެ.

މިިނިސްޓްރީން ވިދާޅުވީ މި އެވޯޑް ދޭނެ ދުވަހެއް ފަހުގެ ތާރީޚެއްގައި އިއުލާނުކުރައްވާނެ ކަމަށެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.

މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 16 ދާއިރާއަކުން އިނާމު ދިނުމަށް އޮތީ ކަނޑައެޅިފައެވެ.

ޒުވާނުންގެ އިނާމަކީ ތަފާތު  ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި އަދި ސެޓްފިކެޓް ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!