ހޮޓެލް ޖެން ހިމެނޭހެން މާލޭގެ ސަރަޙައްދަކަށް އާންމުންނަށް ނުވަދެވޭގޮތަށް ބަންދުކުރަނީ
ހޮޓެލް ޖެން ހުންނަ ސަރަޙައްދު މިއަދުގެ ވަގުތެއްގައި ހިނގާ މީހުންނާއި ވެހިކަލްތަކަށް ނުވަދެވޭގޮތަށް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެ ސަރަޙައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރު 18:00 އިން 23:00 ކަމަށެވެ.
ފުލުހުން މިއަދު އާންމުކުރި ފޮޓޯއެއްގައި ހިނގާމީހުންނާއި އެއްގަމު އުޅަނދުފަހަރަށް ބަންދުކުރެވޭ ސަރަޙައްދަކަށް ފާހަގަކޮށްފައިވަނީ އަމީރު އަޙްމަދު މަގުގެ ބަޔަކާއި، ލޮޓަސް ގޯޅީގެ އިތުރުން ހޮޓެލް ޖެންއާއި އިންވެގެން ހުރި ގޯޅިތައްކަން ފާހަގަކުރެވެއެވެ.
މި ސަރަޙައްދުގެ ބައެއް މަގުތައް ޕާރކިންގ އަށް ހުސްކުރުމަށް ހަމަޖެހިފައިވާއިރު، މިތަން ބަންދުކުރަނީ ކޮން ބޭނުމަކަށްކަން ފުލުހުން ހާމަކޮށްފައިނުވެއެވެ.
ބޮޑު ސިއްރު އެޖެންޑާއެއް ތިހަދަނީ އެހެންނޫނީ މިވަގުތު ނުޖެހޭނެ ތިބައްދަލުވުން ބާއްވާކަށް ﷲއަކްބަރު ލާއިލާހަ އިﷲ ކަލޭމެންގެ އެޖެންޑާ ބަލިކުރައްވާ ދޭއެވެ. ޢާމީން
އެމެރިކާ ދިވެހި ސަފީރު ދިން ކެެއުމެއް އޮތީ
އަޒްރާ ހަސަނައް ހީވާނެ ފުޅައްބުޑުން ދަންޏާ ކެޔޮގަޑުކަޑާ ހެން