Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދަނގެތިން މަހަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި

ދަނގެތިން މަހަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި
އދ. ދަނގެތި މީހަކު މިއަދު ފަތިހު މަހަށް ދިޔަފަހުން ޚަބަރެއް ނުވެގެން ހޯދަން ފަށައިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އޮންލައިން ނޫހަކުން ބުނެފައިވާ ގޮތުގައި އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހީމް، މަހަށް ނުކުތީ އޭނާގެ އަމިއްލަ ދޯނީގައި އެކަންޏެވެ. ޔޫސުފްގެ ދޯނި ފެނިފައިވިނަމަވެސް އޭނާ ފެނިފައިނުވާކަމަށް ދަނގެތީގެ މީހަކާއި ޙަވާލާދީ "އަވަސް" ނޫހުން ބުނެފައިވެއެވެ.
އަދި ޔޫސުފަކީ އޭނާގެ އުމުރުގެ ގޮތުން ދޭތެރެއަކުން ނިދިޖެހޭ މީހެއްކަމަށާއި، މީގެ ކުރިންވެސް އެކަނި އެގޮތަށް މަހަށް ނިކުމެ އުޅެނިކޮށް ނިދި ޖެހިގެން ދޯނި ފަރަށް އެރުންފަދަ ކަންތައްތައް ކުރިމަތިވެފައިވާކަމަށް ދަނގެތިން މަޢުލޫމާތު ދިން މީހާ ބުނިކަމަށްވެއެވެ.

ޔޫސުފް މަހަށް ނިކުމެ އުޅެނިކޮށް މިއަދުވެސް ބައެއް މީހުންނަށް ފެނިފައިވާކަމަށާއި، އޭނާ ގެއްލިގެން ހޯދުމަށް އެރަށުގެ ދޯނިތަކުގައި ބައެއް މީހުން މިހާރު ކަނޑު މައްޗަށް ނިކުމެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އަދި އެމްއެންޑީއެފް އިންވެސް މިހާރު އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އެމްޑީއެފް އަށް އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 11:42 ހާއިރުކަމަށް އެމްޑީއެފްއިން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް