މުނިފޫހިފިލުވުން ދިވެހި ސިނަމާ

އަނެއްކާވެސް އިތުރު ފަންނާނަކު ކައިވެނި ކޮށްފި، މިފަހަރު ނަވާލް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ނާއީ އާދަމް/ފޭސްބުކް

މިދުވަސްވަރަކީ ދިވެހި މުނިފޫހިފިލުވުގެ ދާއިރާއިން އެކިއެކި ފަންނާނުން ކައިވެނި ކުރަމުން އަންނަ ދުވަސްވަރެއްކަން ފާހަގަ ކުރެވެއެވެ.އެގޮތުން ޑާކްރެއިން އެންޓަޓެއިންމަންޓުން އުފެއްދި "މާމުއި" މިފިލްމުން ގިނަ ބައެއްގެ ތަރުހީބު ހޯދި އަޙުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) މިމަހުގެ 19 ވަނަ ދުވަހު ކައިވެނި ކޮށްފައިވާއިރު، އެތައް ބައެއްގެ ހިތް އެއަޑަކުން ކަތިލި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ވަނީ އިއްޔެ ކައިވެނީގެ މަތިވެރި ގޮށް ޖަހާފައެވެ.

Ads by MWSC

އެއަށްފަހު މިއަދު އިވިގެން މިދަނީ އިތުރު ފަންނާނެއްގެ ކައިވެނީގެ ޚަބަރެވެ.

ބައިސްކޯފުން ގެނެސްދިން ކޮމެޑީ ވެބް-ސީރީޒް "ޔެސް ސަރ" ގައި ވެސް ހަރަކާތްތެރި ވެފައިވާ އަދި އުފައްދަމުން އަންނަ ދިވެހި ފިލްމު "ކޮސް ގިނަ މިސްޓޭކްސް" ގައި ވެސް ހަރަކާތްތެރި ވެފައިވާ މުޙައްމަދު ނަވާލް ވަނީ މިއަދު ހެނދުނު ކައިވެނި ކޮށްފައެވެ.

ނަވާލް ކައިވެނި ކުރީ "އަފޫ" އާއެވެ. އެނގިފައިވާ ގޮތުގައި އަފޫ ރަންކީ 777.77 ރުފިޔާ އަށެވެ.
ނަވާލް ކައިވެނި ކުރުމުގެ ރަސްމިއްޔާތުގައި އިއްޔެ ކައިވެނި ކުރި ޝަލަބީ ވެސް ބައިވެރިވެފައިވާއިރު، މި ހަފްލާގައި ބައިވެރިވި އެހެން ފަންނާނުންގެ ތެރޭގައި ޝާއްކޮ އައްމަޑޭ އާއި ފުބޫ ވެސް ހިމެނެއެވެ.

Ads by HDC
  1. ގަލީމް

    މިދެން ކޮން ފަންނާނެއް..ދުވަހަކު.މީހަކު ދެނަހުރި މީހެއްވެސް ނޫން. ފަންނާނެކޭ ބުނީމަ އެދެން.ފަންނާނު. ބޯހަލާކު
    .