ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، ޔަހޫދީ އިސްރާޢިލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، ލާއިންސާނީ ޢަމަލުތައް ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، ދިވެހިންގެ ނަމުގައި ބައިނަލްއަޤުވާމީ މުޖްތަމަޢަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
ރައީސް ޞާލިހް މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ރައީސް ޞާލިހްގެ ހިޠާބުގައި ވަނީ ކުށްވެރި ކުރައްވާފައެވެ.
ރައީސްގެ ހިޠާބުގައި ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ އެންމެހައި މުސްލިމުން އެ ޙާލަތުން މިންޖުކޮށްދިނުމަކީ، މުޅި އިސްލާމީ އުންމަތުގެ ވާޖިބެއް ކަމަށެވެ.
އެކަމަށްޓަކައި މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާކޮށް، މުސްލިމުންގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި، އެއް އުންމަތެއް ފަދައިން އަލުން ތެދުވާން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އިސްލާމްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން އެކަމެއް މަތީގައި ސާބިތުކަމާއެކު ދެމިތިބެ، އެކުވެރިކަމާއި އެއްބައިވަންތަކަންމަތީ ޤައުމު އާރާސްތު ކުރަމުން އައި ވަރުގަދަ ބިންގަލަކީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ ދިވެހިންގެ މެދުގައި މި އޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ އަޞްލަކީ، މުޖްތަމަޢުގެ ބަދަހިކަމަށް އިސްލާމް ދީނުގައި ދީފައިވާ ސަމާލުކަމަށްވާ ހިނދު، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ދަރިންގެ ހިތްތަކުގައި ހަރުލައްވައި، އިސްލާމީ ރިވެތި އަދަބު އަޚުލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުރުމަކީ، ދިވެހި އުންމަތުގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް، އިސްލާމް ދީން ގެނެސްދިން އިޖްތިމާޢީ ރިވެތި އަދަބުތަކާއި އަޚްލާޤީ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރުމަކީ ވެސް، މި ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު މަޤްޞަދެއް ކަމަށާއި، އެކަމަށްޓަކައި ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ވެސް މަސައްކަތް ކުރުމަކީ ހުރިހާ ދިވެހީންގެ ޒިންމާއެއްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޙިޖުރީ ސަނަތުން ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ 2 ވަނަ ދުވަހެވެ.
ހުލަނގު ގައުމު ތަކުން އެކިޔާ މޫސުމީ ބަދަލު ތަކަކީ އެއީ އޮންނަ އެއްޗެއް ނޫނޭ އޭގެ ދަށުން ލޯން ނަގައިގެން ރާއްޖޭގައި ޖެހި ސޯލަރޕެނަލްސް ތަކުން އިންޖީނުން އަންދާ ތެލުން އެންމެ ލީޓަރު ޑީސަލެއް ވެސް ސަލާމަތް ނުވޭ އެކަމަކު އޭޑީބީ އަށް އެކަނި 400 މިލިއަން ޑޮލަރުގެ ލޯން ދައްކަންޖެހޭ މީސީދާ ކުރާ ބޮޑު ވައްކަމެކޭ ރާއްޖޭގައި ޖެހި ސޯލަރޕެނަލްސް ތަކުން ސަލާމަތްވާ ތެލުގެ އަދަދު ބަލަން ތިންވަނަ ފަރާތެއް ލައްވާ އޮޑިޓް ކުރަންޖެހޭ މަޖްބޫރު މިކަން ކުރަން ބަލާށޭ ވަގުން މިކުރާ ވައްކަން ތައް މިހާރު ހުޅުމާލޭ ހަެިވޭ ގައި އެޖަހާ ސޯލަރ ޕެނަލްސް ތަކުން އެންމެ ލީޓަރު ޑިސަލެއް ވެސް ސަލާމަތް ނުވާނެއޭ އެއީ ޔަގީން ކަމެކޭ ބެޓްރީ ބޭންކް ނުލާ މިކަން ކުޅަދާނައެއް ނޫނޭ ކާމިޔާބު ކުރަން ކުޅަދާބަ އެއް ނޫނޭ.