ތިން މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި
![](https://dhen.mv/wp-content/uploads/2023/10/F8try-obgAArZ7u-750x375-1.jpeg)
ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަަކަށް އަރައިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ތިން ދިވެހިންނާއެކު ދަތުރުކުރަމުން ދަނިކޮށް މ.މުލީގެ 7.2 ނޯޓިކަލް މޭލު ހުޅަނގުން އޮންނަ ފަރަކަށް އެރީ ”އާމިރާ“ ނަމަކަށް ކިޔާ ދޯންޏެކެވެ. މި ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:11 ހާއިރެވެ.
އެމްއެންޑީއެފްއިން މިއަދު ވިދާޅުވީ، ގަލެއްގެ މައްޗަށް ބީހިފައިވާ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެގޮތުން ދޯނީގެ އަޑިން ފަޅައިގެން ގޮސްފައިވާ ތަންތަން ބެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.