ޚަބަރު ސިއްޙަތު

ކުޑަ ދެ ކުއްޖަކަށް ނުބައި ވެކްސިނެއްދިން މައްސަލައެއް ފެންމަތިވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ކުޑަ ދެ ކުއްޖަކަށް އައިޕީވީ ވެކްސިނުގެ ބަދަލުގައި އެޗްޕީވީ ވެކްސިނެއްދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
ނ. ކެނދިކުޅުދޫ ހޮސްޕިޓަލުން އެ ދެ ކުދިން ގަޔަށް ނުބައި ވެކްސިނެއް ޖެހި މައްސަލައާއި ގުޅިގެން އެކަމުގެ ނުރުހުން އެރަށު މީހުން ފާޅުކުރަމުންދާކަމަށް މަޢުލޫމާތު ލިބޭއިރު މި ހާދިސާ ހިނގާފައިވަނީ މި މަހު 10 ވަނަ ދުވަހުކަމަށްވެއެވެ.
އެ ކުދިންނަށް ނުބައި ވެކްސިނެއް ދީފައިވަނީ ދިވެހި ނަރުހެއްކަމަށާއި ނަމަވެސް އެ ނަރުހާމެދު އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާކަމަށް އެ ހޮސްޕިޓަލާއި ޙަވާލާދީ އޮންލައިން ނޫހަކުން ބުނެފައިވެއެވެ.
އަދި އެ ކުދިންނަށް ދެވުނީ ނުބައި ވެކްސިނެއްކަން އެނގުނީ ވައިލްތައް އުކާލަނިކޮށްކަމަށާއި އޭރު އެކުދިން ގެއަށް ގެންގޮސްފިކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މި މައްސަލަ ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށާއި އަދި އެ ކުޑަކުދިންގެ ތެރޭގައި އަހަރުނުވާ ކުއްޖަކު ހިމެނޭކަން އެނގިފައިވެއެވެ.

Ads by Sosun Fihaara
Ads by HDC
  1. ޝިފާން

    ބޮޑެތި ކުދިންނަށް ދިނުމުން ބައެއް ފަހަރު އިއްދައިން ކެނޑުން އަދި މަރުވުން ވެސް ކުރިމަތިވެފައިވާ މި ވެކްސިން 6 މަހުގެ ދެ ކުއްޖަކަށް ދިނީ. މި ވެކްސިން އަކީ އެއްވެސް އުމުރެއްގެ ކުދިންނަށް ދިނުން ހެޔޮނުވާ ވަރުގެ އަނިޔާ ލިބިދޭ ވެކްސިން އެއް.