ޚަބަރު

މޫދުގައި މަރުވެފައި އޮއްވާ ފެނުނީ ރޭގެ ވަގުތެއްގައި ގެއްލިގެން ހޯދަމުންދިޔަ މީހެއް: އެމްއެންޑީއެފް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކަނޑުުމަތީގައި މަރުވެފައި އޮތްވައި މިއަދު ފެނުނު މީހާއަކީ ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރި މޫދަށް ފުންމާލިކަމަށް ބެލެވޭ މީހާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation
އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ، ރޭ 19:54 ހާއިރުކަމަށާއި އެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ ރެއިން ފެށިގެން ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެގޮތުން، އެ މީހާ ހޯދުމުގެ ގޮތުން މިއަދު ހެނދުނު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ރަސްފަންނު ކައިރި ކަނޑުއަޑިން 41590 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިކަމަށާއި އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ، ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށްކަމަށްވެއެވެ.
އެމީހާގެ ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:19 ހާއިރުކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއިއެކު މި މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެމީހާ މޫދަށް ފުންމާލީކަމަށް ބެލެވޭކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައިނުވެއެވެ.

އެ މީހާ މަރުވެފައި ފަޅުތެރޭގައި އޮތް ވީޑިއޯއެއް މީސްމީޑިއާގައ ދައުރުވަމުންދާއިރު، އެމީހާ ފެނުނުއިރު އޮތީ ބަރަހަނާ ހާލުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!