ޚަބަރު ވިޔަފާރި

އުރީދޫއިން ރާއްޖޭގައި ބާއްވަ އެންމެ ބޮޑު ގޭމިން ފެސްޓިވަލް މިއަދު ފަށާނެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އުރީދޫން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" މިއަދު ހަވީރު ފެށުމަށް ހަމަޖެހިއްޖެއެވެ.

Ads by Hajj Corporation

އުރީދޫއިން އިންތިޒާމްކޮށްގެން މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ފެސްޓިވަލްގައި ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އުފާވެރި ގޭމިން ތަޖުރިބާއެއް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

އެގޮތުން މި ގޭމާސް ލޭންޑުގެ މުބާރާތްތަކުގައި ރަޖިސްޓަރ ވެގެން ވާދަކުރާ މީހުންގެ އިތުރުން އެތަނަށް ޒިޔާރަތްކޮށްގެންވެސް ގޭމްތަކުގައި ބައިވެރިވެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

ގޭމާސް ލޭންޑްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާގޮތުގެ ތާވަލު

އޮކްޓޯބަރު - 19

  • މެންދުރު ފަހު 3:30 އިން ހަވީރު 4:00 އަށް: ގޭމާސްގެ ލޭންޑް ހުޅުވުމުގެ ރަސްމިއްޔާތު
  • ހަވީރު 4:00 އިން 6:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް ފަށުން
  • ހަވީރު 5:00 އިން 6:00 އަށް: ރޭސިން ސިމިއުލޭޓާ މުބާރާތް ފަށުން
  • ރޭގަނޑު 8:00 އިން 11:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗުތައް
  • ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް: 100ކޭ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗްތައް ކުރިއަށްދާނެއެވެ.

އޮކްޓޯބަރު - 20

  • ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް: 100ކޭ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗްތައް ކުރިއަށްދާނެއެވެ.

އޮކްޓޯބަރު - 21

  • ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ.
  • ރޭގަނޑު 8:00 އިން ރޭގަނޑު 9:00 އަށް: ކޮސްޕްލޭ ޝޯޑައުން
  • ރޭގަނޑު 9:00 އިން 11:00 އަށް: ނިންމުމުގެ ރަސްމިއްޔާތު

ގޭމާސް ލޭންޑް އަށް ޒިޔާރާތް ކުރާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ހަރަކާތްތައް

  • ވީއާރް އެކްސްޕީރިއަންސް ސެންޓަރު: އޮކިއުލަސް ސްޓޭޝަންގައި ވާޗުއަލް ރިއަލިޓީގެ ދުނިޔެއަކަށް ޒިޔާރަތްކޮށް ތަފާތު ގޭމްތައް ކުޅުވޭނެއެވެ. ފަސް މިނެޓަށް އެންމެ 25 ރުފިޔާ އަދި 10 މިނެޓަށް 40 ރުފިޔާއަށް، އޮކިއުލަސް ގެ ގޭމުތައް ތަޖުރިބާކޮށްލެވޭނެ އެވެ.
  • ކްލޯ މެޝިން: އެންމެ 20 ރުފިޔާއަށް ކްލޯ ކޮއިން އެއް ލިބޭއިރު ކްލޯ މެޝިނުން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
  • ކާބޯތަކެތީގެ ސްޓޯލްތައް: ޔޯގާބާ، ކޮކާކޯލާ، އީޓޫއެސް ފުޑް ސްޓޯލް، ވީއާރް ކެފޭ ސްޓޯލް ފަދަ ސްޓޯލް ތަކުން ތަފާތު ކާބޯތަކެތި ވެސް ލިބެން ހުންނާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިންވަނީ މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ބޭފުޅުންނަށްވެސް ދައުވަތު އަރުވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!