ޚަބަރު ސިޔާސީ

ޑރ. މުޢިއްޒުގެ ކެމްޕޭނުގައި މާލޭގައި މަސައްކަތް ކުރި ޓީމުތަކާ ބައްދަލު ކުރައްވަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން
ޑރ. މުއިއްޒު ޅ. ހިންނަވަރުގައި ވާހަކަފުޅު ދައްކަވަނީ

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މާލޭގައި މަސައްކަތް ކުރި ކެމްޕޭން ޓީމުތަކާ މިރޭ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކުރައްވައި، އިންތިގާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މާލޭގައި މަސައްކަތް ކުރި ޓީމުތަކާ ބައްދަލުކުރުމަށް ބާއްވާ ހަފްލާއެއް މިރޭ އޮންނާނެ ކަމަށެވެ.

އެގޮތުން މި ހަފުލާ އޮންނާނީ ސޯޝަލް ސެންޓަރުގައި މިރޭ 20:00 ގައި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ރިޔާސީ ރޭހުގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވާފައި ވަނީ ޕީޕީއެމް/ ޕީއެންސީ ޓިކެޓްގައެވެ.

މިގޮތުން އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އާއި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރެއްވުން އޮންނާނީ އަންނަ މަހުގެ 17 ގައެވެ.

Ads by HDC
  1. މަވެސް

    ޙަމައެކަނި މާލެ ތޯ . ހާދަމަސައްކަތެއްްކުރީމޭ. ކީއްކުރާނީ ރީތިނަމެއްނުލިބުނު. މާލޭގައި އޮފީހައް ނުނިކުމެ ފޭކް ޖައްސާގެން ސިވިލް ގެ ގަވާދާ ހިލާފަން ބަޔަކު އުޅުނު. ދެން އެމީހުން އުޅޭނެ ގޮތެއްދޯ. ހަގީގަތް