ކުޅުދުއްފުށީގައި ހިނގި ހާދިސާގައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ސިލިންޑަރެއް ގޮވައި، މިއަދު ހިނގި ހާދިސާގައި ޒަޚަމްވެ ހާލު ސީރިއަސްވި ފިރިހެނެެއް އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ހާދިސާގައި އަނިޔާވި 37 އަހަރުގެ ފިރިހެނެއް ޑޯނިއާ މަތިންދާ ބޯޓުން މާލެ ގެނެސްފައިވާ ކަމަށެވެ.
އެ މީހާ މާލެ ގެނެސް، މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ކުޅުދުއްފުށި އެއާޕޯޓުގައި ހިނގި ހާދިސާގައި 37 އަހަރުގެ މީހާ އާއެކު އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީ އެއާޕޯޓްގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މިއަދު 11:45ހާއިރެވެ.