ހުޅުމާލެ ފޭސް 3 ސައިޓް "އޭ" އެއްކޮށް ހިއްކައި ސައިޓް "ބީ" ހިއްކުމުގެ މަސައްކަތް ފަށައި

ހުޅުމާލެ ފޭސް 3 ސައިޓް "އޭ" އެއްކޮށް ހިއްކައި ސައިޓް "ބީ" ހިއްކުމުގެ މަސައްކަތް ފަށައިފި ކަމަށް އާބަންކޯ އިން މިއަދު ބުނެފިއެވެ.
ހުޅުމާލެ ފޭސް ތިނެއްގެ ސައިޓް "އޭ" ގައި ހިއްކައިފައި ވަނީ 10 ހެކްޓަރު ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.
އާބަންކޯ އިން ބުނީ ސައިޓް "ބީ" ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ. އަދި އެ ކުންފުނިން އާންމުކުރި ފޮޓޯއެއްގައި ފާހަގަކުރެވިފައިވާ ސައިޓް "ބީ" ގެ ސަރަހައްދުގައިވާ އުޅަނދުތައް 22 އޮކްޓޯބަރ ވާ އާދިއްތަ ދުވަހުގެ ކުރިން ނެގުމަށް ވަނީ އަންގާފައެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.
އާބަންކޯ އިން ބުނީ ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢުއެއް ކަމަށެވެ.
ސައިޓް އޭ ގެ 1/2 އަކީ ކުރިން ހިއްކާފައި އޮތް ބިން ކަމަށް ބުނަން ނުކެރިގެން އުޅެނީ ކީއްވެ