ފަލަސްތީނަށް އެހީ ވުމަށް މަމްސް ޖަމިއްޔާ އިން ބާއްވާ ފަންޑް ރައިޒިން އިވެންޓް މާދަމާ
ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ އުދުވާނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މަމްސް ޖަމިއްޔާ އިން އިސްނަގައިގެން ފަންޑް ރައިޒިން އިވެންޓެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
މަމްސް ޖަމިއްޔާއިން ބުނީ "މޯލްޑިވިއަން ވިމެން ވިތު ފަލަސްތީން" ނަމުގައި ބާއްވާ މި އިވެންޓް އޮންނާނީ މާދަމާ މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ހުޅުމާލެ ރުއްގަނޑު 1 ގައި ކަމަށެވެ.
ޖަމްބަލް ސޭލެއްގެ ގޮތުގައި ކުރިއަށް ގެންދާ މި އެ ސޭލުގައި ވިއްކަނީ އެކި މީހުން ޑޮނޭޓުކޮށްފައިވާ ތަކެތި ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
މި އިވެންޓް އޮންނަ ތަނުގައި ފައިސާ ހޯދުމަށް ފުޑް ކޯނާއެއް ވެސް ހުންނާނެ ކަމަށާއި ކުޑަކުދިންނަށް ހާއްސަކޮށްގެން އެކި ކަހަލަ ކުޅިވަރު ކުޅޭނެ ތަންތަން ވެސް ހުންނާނެ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
މިގޮތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކުޅިވަރު ކުޅޭ ކޯނާ ގައި ފޭސް ޕެއިންޓިން ކުރުމާއި ހީނާ އެޅުން ވެސް އޮންނާނެ ކަމަށް މަމްސް ޖަމިއްޔާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން މަމްސް ޖަމިއްޔާއިން ބުނީ މި އިވެންޓުން ގަންނަ ކޮންމެ އައިޓަމަކީ ވެސް އާއިލާ ތަކަށް ފޯރުކޮށްދެވޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.
މި އިވެންޓުން ލިބޭ ފައިސާ ޖަމާކުރާނީ ފަލަސްތީނަށް އެހީ ފޯރުކޮށްދެމުން އަންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަންޑަށް ކަމަށް މަމްސް ޖަމިއްޔާއިން ބުނެފައި ވެއެވެ.
ދިވެހިންނަށް މީހާރުން މިހާރަށް ފަލަސްތީނަ ށްޓަކައި ކޮށްދެވިދާނެ ކަންކަން :
1/ ޔަހޫދީ އިސްރާއީލް ކުންފުނިތަކުން އުފައްދާ ބަނގުރަލާއި އޫރުމަހުގެ ބާވައްތަށް ދިވެހިރާއްޖެޔަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓާލުން.
2/ އިސްރާއީލަށް އެހީވާ ޤައުމުތަކުން އުފައްދާ ބަނގުރާ އޫރުމަސް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓަލުން.
3/ އިސްރާއީލަށް އެހީތެރިވާ ޤައުމުތަކުގެ ސަފީރުން ވަގުތުން ވަގުތަށް ފޮނުވާލުން .
4/ ފަސްނަމާދުގައި ޤުނޫތު ނާޒިލާ ކިޔަން ހަމަޖެއްސުން .
5/ އެއާޕޯޓްގެ ޑިއުޓީފުރީން ބަގުރާ ވިއްކުން ހުއްޓާލުން.
ނޯޓް: ޔަހޫދީން ފުރާނަ މުއްތި ކުރަނީ ބަނގުރަލާއި އޫރުމަހުން، މިއެއްޗެހި ނުލިބުމަށްވުރެން އެމީހުން ހިއްދަތިވެ ބަލިކަށިވާނެ ކަމެއް ދުނިޔެނަތީގައި ނުވާނެ. ދުނިޔޭގައި ވިއްކާ ބަނގުރަލާއި އޫރުމަހުގެ ފައިސާގެ ބޮޑުބަޔެއް ލިބެނީ އިސްރާއީލް ދައުލަތަށް.