ޚަބަރު

ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުުރުމަށް ފުލުހުން އެފްއޭއެމް އަށް ވަދެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނަށް ތުހުމަތުކުރެވޭ ފައިސާގެ މައްސަލަތަކުގެ ތަހުގީގަށް ފުލުހުން އެފްއޭއެމް އަށްވަދެ އެތަން ފާސްކުރަން ފަށައިފިއެވެ.

Ads by STELCO

ފުލުހުން މިހާރު ދަނީ މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ އެފްއޭއެމްގެ މައި އިދާރާއަށް ވަދެ އެތަން ބަލައި ފާސްކުރަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލަމުން އަންނަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

ފުލުހުން ވިދާޅުވީ ޕީޖީ އޮފީހުން އަންގައިގެން ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުޢާމަލާތްތަކާއި ގުޅޭ ޖިނާޢީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Ads by HDC
  1. މުހައްމަދު

    ތިގޮތަށް ޓްރާންސްޕޯޓް އަށާއި އެންވަޔަރަން މިނިސްޓްރީ އަށާއި ހައުސިން މިނިސްޓްރީ އަށް ވަންނަން ކެރޭނެބާ؟!