ޚަބަރު

މަޖިލީހުގެ މެމްބަރުންގެ އަދަދު 76އަށް ދަށްކުރުމަށް ކުރެވެން ހުރި ކަމެއް ކުރަން ޑިމޮކްރެޓުން ނިންމައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދު ކުރުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރުމަށް ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި، އުފައްދަވައިފައިވާ ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

Ads by STELCO

އެ ޕާޓީން ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު 76ގައި ހިފެހެއްޓުމަށް، ހުޅުދޫ ދާއިރާގެ މެމްބު އިލްޔާސް ލަބީބު މިދިޔަ އޯގަސްޓުމަހުގެ ދެ ވަނަ ދުވަހު ހުށަހެޅުއްވި ހުށަހެޅުއްވުމަށް މިއަދު ބޭއްވި ކައުންސިލު ބައްދަލުވުމުގައި ތާއީދުކޮށް، އެކަން ނުވެއްޖެނަމަ، މަޖިލީހުގެ ހުރިހައި ގޮނޑިއަކަށް ވާދަ ކުރަން ނިންމައި، ޤަރާރެއް ފާސްކޮށްފައެވެ.

މަޖިލީހުގެ މެމްބަރުން މަދު ކުރަން ކައުންސިލަށް ޤަރާރު ހުށަހެޅުއްވީ ވެސް އިލްޔާސްއެވެ.

މިކަން މިއަދު ބޭއްވި އެ ޕާޓީގެ ނޫޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވީ، ޕާޓީގެ ޗެއާޕާސަން ޙަސަން ލަޠީފެވެ. އޭނާ ވިދާޅުވީ މެމްބަރުންގެ އަދަދު މަދު ކުރަން ޑިމޮކްރެޓުން މަސައްކަތް ކުރާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވައިފައިވާ އިސްލާހުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގޮނޑިއަށް މަދު ކުރުމަށާއި، އެ އަދަދަށްވުރެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރު ނުކުރުމަށް މި ޕާޓީން ވަކާލާތު ކުރުމަށާއި، މިކަން ހާސިލު ކުރުމަށް ކުރެވެންހުރި އެންމެހާ މަސައްކަތް ކުރުމަށާއި، އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ، ދަ ޑިމޮކްރެޓްސް އިޤްރާރް ވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އާއްމު އިންތިޚާބުގައި، މި ޕާޓީގެ ފަރާތުން އިންތިޚާބީ ހުރިހައި ދާއިރާއަކަށް ވާދަ ކުރުމަށެވެ." ޑިމޮކްރެޓްސް އިން ފާސް ކުރި ޤަރާރުގައިވެއެވެ.

ޙަސަން ލަޠީފު ވިދާޅުވި ގޮތުގައި، މި ޤަރާރު ވަނީ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އިލްޔާސް ހުށަހަޅުއްވައި ވަނީ އިދާރީ ދާއިރާތަކަށް 55 ގޮނޑިއާއި، އަންހެނުންނަށް ޚާއްސަ 8 ގޮނޑިއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލު ކުރުމަށް ދެ ގޮނޑިއަކާއި، އަދި ވޯޓު ލިބޭ ނިސްބަތުން ސިޔާސީ ޕާޓީތަކަށް 11 ގޮނޑި ކަނޑައެޅޭ ގޮތަށެވެ.

Ads by HDC
  1. ހަސަނުގެ ދަރި ލަތީފް

    ޠިޔައީ ކުރަން ވަރަށްރަގަޅު ކަމެއް ބޭނުމެއް ނެތް ގޮތުގައި ކޮންމެ ފަސް އަހަރަ ކުން އެތައް މިލިއަން ރުފިޔާއެއް ބޭކާރު ވަނީ އަނެއްކާ މަހިތުން ކޮންމެ 10އަހަރަކުން ޖަލްސާކުރާ މާލަންވެސް ބޮޑު ކުރަން ޖެހޭނެހެން ހީވަނީ