ޚަބަރު

މިދިޔަ މަހު އާމްދަނީގެ ގޮތުގައި 360 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ލިބިއްޖެ!

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ފާއިތުވި ސެޕްޓެންބަރު މަހު އާމްދަނީގެ ގޮތުގައި 360 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ads by Hajj Corporation

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޮގަސްޓު މަހު އެ އިދާރާއަށް 324 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ތިން އިންސައްތައިގެ ކުރިއެރުމަކާއެކު ސެޕްޓެންބަރު މަހު ލިބިފައިވަނީ 360 މިލިއަން ރުފިޔާގެ އާމްދަނީއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ މަހުގެ އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ 43 އިންސައްތަ ދަށްވެފައެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ޤައުމުތަކުގެ ތެރޭގައި އޮމާން، އެކުވެރި އަރަބި އިމާރާތް، އަވައްޓެރި އިންޑިއާ، ސިންގަޕޫރު އަދި ޗައިނާ ހިމެނެއެވެ.

އެގޮތުން އޮމާން އިން 883 މިލިއަން ރުފިޔާގެ މުދާ، އިންޑިއާއިން 681 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޔޫއޭއީން 500 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މީގެ އިތުރުން ޗައިނާ އަދި ސިންގަޕޫރުން ވަނީ 406 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.

އެކްސްޕޯޓު ކުރި ޤައުމުތަކަށް ބަލާއިރު، އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑްއަށެވެ. އެއީ 33 މިލިއަން ރުފިޔާގެ މުދަލެވެ. 21 މިލިއަން ރުފިޔާގެ މުދަލާއެކު ދެވަނަ އަށް އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. މީގެ އިތުރުން ފްރާންސަށް 6 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު އިންޑިއާއަށް 5 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެއެވެ. 3 މިލިއަން ރުފިޔާގެ މުދަލާއެކު އެންމެ މަދުން މުދާ ބޭރުކޮށްފައިވަނީ ޖަރުމަނަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!