ރިނބިދޫން އެއް މަހުގެ ކުއްޖަކާއި އެކު އާއިލާގެ ފަސް މީހަކު ފައްސިވެއްޖެ

ދ. ރިނބިދޫން 1 މަހުގެ ކުއްޖަކާއި އެކު އާއިލާގެ ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
"ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފައްސިވި ފަސް މީހުންގެ ތެރޭގައި ޖުމްލަ ދެކުދިން ހިމެނެއެވެ.
މި މީހުން ފައްސިވީ މާލެ އިން ރަށަށް ގޮސް ކަރަންޓީންގައި ތިއްބައި ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމްއާ ހަވަލާދީ "ވަން" އިން ރިޕޯޓު ކޮށްފައިވާ ގޮތުފައި ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ފިރިހެނަކާއި އަންހެން ދެކުދިންގެ އިތުރުން ދެ އަންހެނުން ކަމަށެވެ. އޭގެ ތެރޭގައި އެއް މަހުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހާތިމް ވިދާޅުވީ، އެމީހުން ކަރަންޓީން ކޮށްފައި ތިބީ ކައުންސިލްގެ ފެސިލިޓީއެއްގައި ކަމަށާއި އެހެންކަމުން ރަށުގެ އެހެން ބަޔަކާ އެމީހުން ކޮންޓެކްޓް ވެފައި ނުވާ ކަމަށެވެ.