ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާއަށް ތުހުމަތު ކުރެވެނީ ކުޑަކުއްޖެއްގެ ގައިގައި ޖެހުމުގެ ކުށެވެ. އަދި މި ކުށަކީ އޭނާ ބަލަހައްޓާ ކުއްޖަކާމެދު ހިންގާފައިވާ ކަމެއްކަމުގައިވާތީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށް އަމުރުގައިވެއެވެ.
ބެލެހެއްޓުމުގެ ދަށުގައި ހުރި ކުޑަ އަންހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި މާލެ އިން އިންޑިއާގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އިންޑިއާގެ އުމުރުން 22 އަހަރުގެ އަންހެނެކެވެ.
އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފައެވެ.
Ads by Allied Insurance