ޚަބަރު

މައުމޫންގެ ސުވާލެއް ނަޝީދަށް: ހުރިހާ އިންތިޚާބެއް އޮޅުވާލި ކަމަށް ވިދާޅުވާ އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ؟

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް ވަނީ އޮޅުވާލައި މަކަރު ހަދާފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެމަނިކުފާނު އެކަމަށް ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

ދިވެހި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް މައުމޫން އިއްޔެ ވިދާޅުވުމުން ނަޝީދު ވަނީ މައުމޫނަށް ބޮޑެތި ތުހުމުތުތަކެއް ކުރައްވާފައެވެ.

އެގޮތުން ނަޝީދު ރޭ ވިދާޅުވީ 2007 ގެ ނިޒާމުގެ ވޯޓު ވެސް ކަނޑައެޅިގެން އޮޅުވާލެއްވި ކަމަށާއި މައުމޫނަށް އޮޅުވާ ނުލެވުނީ ހަމައެކަނި 2008ގެ ވޯޓު ކަމަށެވެ. އަދި އެއިން ވީ ބަލި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ ކަމަށެވެ. އަދި 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެގެންތޯ ވެސް މައުމޫން ސުވާލުކުރެއްވިއެވެ. އަދި ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވުމަށް ވެސް މައުމޫން ވަނީ ގޮވާލައްވާފައެވެ.

Ads by HDC
  1. ހަވަރު ވޮއިސް

    މޮޔަސޮރު މިކަހަލަ މަކަރުވެރި މޮޔަ ވާހަކަ ދައްކަވާނެ. ޕުރެޝަރު ބޮޑުވާ ވަރަކަށް ވާހަކަ އިތުރުވެސްވާނެ.

  2. ނާޝިދު

    ޥ . ސާފު ޢެބުރުގަ ނަޝީދު ކުރީ