އޭދަފުށިން ޒުވާނަކު ކޮވިޑަށް ފައްސި ވެއްޖެ

ބ. އޭދަފުށިން ޒުވާނަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.
އެމީހާ ފައްސި ވެފައިވާކަން އެނގުނީ ކަރަންޓީން މުއްދަތުގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ހެދި ޓެސްޓުންނެވެ.
އެމީހާގެ ހާލު ރަނގަޅު ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.
މިއީ ހޯމް ކަރަންޓީންގައި ހުއްޓާ އޭދަފުށިން ފައްސިވި ތިން ވަނަ މީހާއެވެ. އޭދަފުށިން އެންމެ ފުރަތަމަ ކޮވިޑަށް ފައްސި ވެފައިވަނީ ބިދޭސީ ދެ މީހުންނެވެ. އެމީހުން މިހާރު ވަނީ ބަލިން ރަނގަޅުވެގެން ދޫކޮށްލާފައެވެ.