ޚަބަރު ސިއްޙަތު

ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމުގެ ގޮތުގައި ރާއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ވެއްޖެއެވެ.

Ads by MWSC

މިކަން ހާމަކުރައްވައކ، ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމުގެ ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެ ބަލައިގެންފައިވާ ކަމަށެވެ.

އެގޮތުން އިންޑިއާގެ ވެރިރަށް، ނިއު ދިއްލީގައި މިހާރު ކުރިއަށް ގެންދާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ރީޖަނަލް ބައްދަލުވުމުގައި، އެ ސަރަހައްދުގެ ޑިރެކްޓަރު ޑރ. ޕޫނަމް ވަނީ ދިވެހި ރާއްޖެއިން ލެޕްރަސީ ފެތުރުން ކޮންޓްރޯލް ކުރިކަމުގެ އެވޯޑު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ހަވާލު ކުރައްވައިފައެވެ.

ލެޕްރަސީ ނެތް ޤައުމެއްގެ އަމާޒަށް ވާސިލު ވުމަށްޓަކައި ހެލްތު މިނިސްޓްރީން ވަނީ ލެޕްރަސީ ބަލި ދެނެގަތުމާއި، ބައްޔަށް އާއްމުން ސްކްރީން ކުރުމުގެ މަސައްކަތް ކުރައްވައިފައެވެ.

މިގޮތުން ލެޕްރަސީއަށް ދޭން ޖެހޭ ފަރުވާތަކާއި ބައްޔާމެދު ދެކޭގޮތް ބަދަލުކުރުމަށް ޞިއްޙީ ޚިދުމަތްތެރިން ތަމްރީން ކުރުމާއި މި މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ މިންވަރު ބެލުމަށް އިންޓަރނަލް ވެރިފިކޭޝަން އެސެސްމެންޓް އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ޓީމަކުން އެކްސްޓާރނަލް ވެރިފިކޭޝަން އެސެސްމެންޓްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

ލެޕްރަސީގެ އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުގެ ނާރުތައް ދުޅަވުން، ހަމުގައި ދަދު، ފެތުރި، ލައްފަދަ ތަންތަން އައްސިވެފައި ނުވަތަ އިޙްސާސު ކެނޑިފައި ހުރުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!