ޚަބަރު

ފަލަސްތީނުގެ ރައްޔިތުންނަށް ވާދޫން ބިން ދިނުމަށް އެރަށު ކައުންސިލުން މަޝްވަރާކުރަނީ 

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ފަލަސްތީނާއިއެކު ދިވެހިން ތިބިކަން އަންގައިދިނުމުގެ ގޮތުން ވާދޫގައި ބޭއްވި ހިނގާލުން. ފޮޓޯ: ވާދޫ ކައުންސިލް

ފަލަސްތީނުގެ 1000 ރައްޔިތުންނަށް ގދ. ވާދޫގައި ދިރިއުޅުމަށް ބިން ދޫކުރުމަށް އެރަށުގެ ކައުންސިލުން  ބައްދަލުވުމުގައި އެޖެންޑާކޮށްފިއެވެ.

Ads by Hajj Corporation

އެރަށުގެ ކައުންސިލްގެ ރައީސް ޙަސަން ޢަބްދުﷲ ހުށަހެޅުއްވި ހުށަހެޅުން މާދަމާ އޮންނަ ކައުންސިލް ބައްދަލުވުމުގައި ގޮތެއް ނިންމާނެއެވެ.

އާބާދީގައި 1،00 މީހުން ދިރިއުޅޭ ވާދޫއަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރަމުން އަންނަ ރަށެކެވެ. އަދި މި ރަށުގައި ރާޅާއެޅުމަށް ފަތުރުވެރިން ގޮސްއުޅެއެވެ.

ކައުންސިލްގެ ރައީސް ޙަސަން ހުށަހަޅުއްވާފައިވަނީ ފަލަސްތީނުގައި ހާލުގައިޖެހިފައިވާ މީހުންގެ ތެރެއިން 1،000 މުސްލިމުންނަށް، ކުޑަކުދިންނާ އެކު، ވާދޫގައި ވަޒަންވެރިވުމަށް ބިން ދިނުމަށާއި، އިސްރާއީލްގެ މީހުން އެ ރަށުގެ ބްލޫބޯލްސް (ސާފިން ޕޮއިންޓު) ބޭނުން ކުރުން ހުއްޓުވުމަށާއި ވާދުއަށް ޒިޔާރަތް ނުކުރެވޭނެ ގޮތް ހެދުމަށެވެ.

ޙަސަން ވިދާޅުވީ ފަލަސްތީނުގެ އާއިލާތަކަށް އެރަށުގައި ވަޒަންވެރިވުމަށް ބިން ދޫކުރުމަށް ޚިޔާލުކުރީ ރަށުގެ ރައްޔިތުންނާއި މަޝްވަރާކުރުމަށްފަހުގައިކަމަށެވެ. އަދި މީގެ އިތުރުން އެރަށަށް ރާޅާއެޅުމަށް ދާ އިސްރާއީލުގެ ރައްޔިތުންނަށް އެރަށަށް ނޭރޭނެ ގޮތް ހެދުމަށްވެސް ރައްޔިތުން އެދިފައިވާކަމަށް ޙަސަން ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން ނިންމާފައި ވަނީ 1،000 މީހުންނަށް ބިން ދިނުމަށް. އެއީ އެ އާއިލާތަކުން އަންނަ ކުޑަކުދިންނާ އެކު. އަންނަ މީހުން [ފަލަސްތީނަށް] ދާން ބޭނުން ވެއްޖެ ނަމަ ދެވޭނެ. އަޅުގަނޑުމެންނަށް ވެސް އެނގޭ އަންނަ މީހުން އަބަދު އުޅެން ނައިސްދާނެކަން" ޙަސަން ވިދާޅުވިއެވެ.

"މި ވަގުތުގެ ޙާލަތަށް ބަލާފައި އަޅުގަނޑުމެން އެގޮތަށް ބިންދިނުމަށް މަޝްވަރާ ކުރީ. އެ މީހުން ދަނޑު ހައްދަން ނުވަތަ ކާންބޯން މަސައްކަތެއްކުރަން ބޭނުންނަމަ ދަނޑުބިން ދޭންވެސް އަޅުގަނޑުމެން ވާނީ މަޝްވަރާ ކޮށްފައި"

މީގެ އިތުރުން ޙަސަން ވިދާޅުވީ އޭނާގެ ހުށަހެޅުމުގެ ބޭނުމަކީ ވާދޫގެ އާބާދީ އިތުރުކުރުންކަމަށާއި މިވަތުގު އެންމެ ރަނގަޅު ގޮތަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުންކަމަށް ވާތީކަމަށެވެ. އަދި އެރަށުގައި ގޯތި ދޭނެ ބިން ހުރިކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަށަކީ 197 ހެކްޓަރުގެ ބިމެއް. ކުރިއަށް އޮތް 50 އަހަރަށް ގޯތި ދޫކުރުމަށްފަހުވެސް ގޯތި ދޭނެ ޖާގަ މި ރަށުގައި އެބައޮތް. އެހެންވެ އަޅުގަނޑުމެން އެކަމާ މަޝްވަރާ ކުރީ" އޭނާ ވިދާޅުވިއެވެ.

ވާދޫން ބިންދިނުމަށާއި އިސްރާއީލުގެ ފަތުރުވެރިން އެރަށަށް އެރުން ހުއްޓުވުމަށް ކައުންސިލުން މަޝްވަރާކުރިނަމަވެސް، އެކަން ކުރެވޭނީ ސަރުކާރުން ހުއްދަދީގެންކަމަށް ޤަބޫލުކުރައްވާކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

އިސްރާއީލުގެ ރައްޔިތުން ރާއްޖެ އައުން މަނާކުރުމަށް މިހާރުވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތް ހަދައިދިނުމަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތެއްވެސް ކުރިއަށްދެއެވެ. ނަމަވެސް ސަރުކާރުން މިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.

  1. ފަރީދު

    1000މީހުންގެންނަނީ ކޮންބައެއް