ޚަބަރު

ރައީސް ނަޝީދުގެ ދުސްތޫރީ މައްސަލައަށް ޕީޕީއެމް/ޕީއެންސީން ތަދައްޚުލްވަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދާތީ، ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕްއިން ތަދައްޚުލުވުމަށް ނިންމާފައިވާކަމަށް އެ ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

Ads by STELCO
ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ނިމިދިޔަ އާދީއްތަ ދުވަހަށް ތާވަލުކުރި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާ ސަލާމް ވިދާޅުވުމާއި ގުޅިގެން އެ މައްސަލަ އެދުވަހު ކުރިއަށް ގެންގޮސްފައިނުވެއެވެ. މަޢުލޫމާތު ލިބޭގޮތުގައި އީވާ ހުންނެވީ ޑެންގޫ ހުމަށް ޕޮސިޓިވްވުމުން މި ހަފްތާގައި އެއްކޮށް ސަލާމުގައެވެ.
ނަމަވެސް، އީވާ އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވަނީކަމަށާއި، ގަސްތުގައި އިއްޔެގެ ޖަލްސާއަށް ވަޑައިނުގެންނެވީކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވުމުން އެކަމާ ދެކޮޅު ހަދައި އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެކަމާ މެދު ގޮތެއް ނިންމުމުގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.

އަދި ދެވަނަ ކަމަކަށް އެދިފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސްކަމަށް މަޖިލީހުގެ ގަވައިދު ބުނާއިރު، މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ޤަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.

Ads by Allied Insurance
  1. މަހަށްދޭބަލަ

    ރައީސް ޔާމީނަށް ދިން ލުއި ތައް އުވައެއް ނުލެވޭނެއޭ ސަބަބަކީ ރައީސް ޔާމީން ކާންބޯން ކުރާ މަސައްކަތަކީ ސިޔާސީ މަސަައްކަތް ތައް ކަމަށްވާއިރު އެކަން ކަން ނުހުއްޓުވޭނެއޭ ކަރަކްޝަންސް އަށް ނުހުއްޓުވޭނެއޭ ތަމެން އުޅެނީ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ގަޅާލައިގެން ވެރިކަން ހޯދަން ނުލިބުނުދޯ ދެން ތަމެން ތިޔާއުޅެނީ ބާކީ އޮތް 16 ދުވަހު ވެސް އިދިކޮޅު ސިޔާސީ ލީޑަރު ދައްކާ ވާހަކަ އަށް ސިޔާސީ ގޮތުން ރައްދު ދިނުމުގެ ބަދަލުގައި ބަތްކައްކާށޭ ތަމެން މަހަށްދޭބަލަ