ދުނިޔެ

އައިއޭސީން ދިވެހިންގެ ނަމުގައި 20 ހާސް ލީޓަރުގެ ތެޔޮ ޣައްޒާއަށް ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ތެޔޮ ހަދިޔާ ކުރުމާއި ގުޅިގެން އަލް އަޤްސާ މާތިޔާރސް ހޮސްޕިޓަލުގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު ވާހަކަ ދައްކަވަނީ..

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން, އައިއޭސީން ދިވެހިންގެ ނަމުގައި 20 ހާސް ލީޓަރުގެ ތެޔޮ ޣައްޒާއަށް ދީފިއެވެ.

Ads by Sosun Fihaara

އައިއޭސީން ބުނީ ދިވެހި ރައްޔިތުނަށް އަނެއްކާވެސް މިއީ އުފާވެރި ދުވަހެއް ކަމަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އެހީގައި މިއަދު ޣައްޒާގެ އަލް އަޤްސާ މާޓިޔާރސް ހޮސްޕިޓަލަށް 20ހާސް ލީޓަރުގެ ތެޔޮ ފޯރުކޮށްދެވިފައިވާ ކަމަށް އައިއޭސީން ބުންޏެވެ.

އަދި ޔަހޫދީންގެ އަނިޔާތައް ކިތަންމެވަރަކަށް ދިންނަމަވެސް ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާ ނުލާނެ ކަމަށާއި "ބޮން އަޅާތީ ބިރުން ޣައްޒާގެ ރައްޔިތުނަށް ދެވެން ހުރި އެހީއެއް ނުދީ އަޅުގަނޑުމެން ނުތިބޭނަން" ކަމަށް އައިއޭސީން ބުންޏެވެ.

"އަޅުގަނޑުމެން އެންމެން، އެންމެހާ ދިވެހީން މިިތބީ ފަލަސްޠީނާއެކުކަން، ޣައްޒާއާއި އެކުކަން އަޅުގަނޑުމެން މިދަނީ މުޅި ދުނިޔެއަށް ހާމަކޮށްދެމުން" އައިއޭސީން ބުންޏެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ދެމުން ގެންދާ ހަމަލާތައް މިހާރު ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެ ގައުމުގެ ހެލްތް  މިނިސްޓްރީގެ ތަރުޖަމާނު ޑރ.އަޝްރަފް އަލް ކިދްރާ ބުނީ ޣައްޒާގައި މިހާތަނަށް 9،061 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 3،760 މީހުން ހިމެނޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!