ދުނިޔެ

ހިތްދަތި މަންޒަރެއް: ޣައްޒާގެ ހޮސްޕިޓަލެއްގެ އެމަޖެންސީ ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ ޑޮކްޓަރަކަށް ފެނުނީ ޒަހަމްވެގެން ދަރިފުޅު ގެނައިތަން

ރައުފާ ރަޝީދު ، ދެން އޮންލައިން

ޣައްޒާގެ ހޮސްޕިޓަލެއްގެ އެމަރޖެންސީ ޑިޕާޓްމެންޓުގައި ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރަކަށް އޭނާގެ ދަރިފުޅު ޒަހަމްވެގެން ގެނައި މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.

Ads by WAMCO

އެ ވީޑިއޯއިން ފެންނަނީ އަލްހަކީމާ ގައްދާ އަދޫ އީދާއެވެ. އެ އަންހެން މީހާއަކީ ޣައްޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލުގައި ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް ފަރުވާ ކޮށްދިނުމަށް ހޮސްޕިޓަލުގައި ބުރަކޮށް މަސައްކަތުގައި އުޅެމުންދިޔަ މީހެކެވެ.

އެެހެން އުޅެނިކޮށް ފެނުނީ ހަމަލާތަކުގައި ޒަޚަމްވެގެން ލޯބިވާ ދަރިފުޅު ގެނައި މަންޒަރެެވެ. ދަރިފުޅު ފެނުމުން ފަހަތުން ދުވަމުން ދިޔަ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ދުވަމުން ގޮސް އެމަޖެންސީ ރޫމް ތެރެއަށް ވަދެ ދަރިފުޅުގެ މޫނު ފެނުމާއެކު އޭނާއަށް ހުއްޓުން އަރައި ކުއްލި ސިހުމެއް ލިބުނެވެ.

އެވަގުތު އެ ތަނުގައި ތިބި ނަރުހުން އޭނާ ގައިގައި ބައްދާ, ހިތްވަރު ދެމުންދިޔައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 9,000 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 3,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 2,000 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!