ދުނިޔެ

ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ: ޝަހީދުވި މީހުންގެ އަދަދު 195 އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ޔަހޫދީ އިސްރާޢީލުގެ ފައުޖުން ދިން ހަމަލަތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 195 އަށް އަރައިފިއެވެ.

Ads by Sosun Fihaara

ޖަބާލިޔާ ރެފިއުޖީ ކޭމްޕަކީ ޣައްޒާގެ އުތުރުގައި އޮންނަ ކޭމްޕެކެވެ. އެ ތަނަށް ދިން މިސައިލް ދެ ހަމަލާގައި 195 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އިޒްރޭލުން ޖަބާލިޔާއަށް ދިން ދެ ހަމަލާގައި ފަލަސްތީނުގެ 195 މީހުން ޝަހީދުވެފައިވާއިރު އަދިވެސް 120 މީހުން ކުނިތަކުގެ ދަށުގައި ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން 777 މީހުން ވަނީ މި ހަމަލާގައި ޒަޚަމްވެފައެވެ.

ޖަބާލިޔާ ކޭމްޕުގައި ހުންނަ އިންޑޮނީޝިޔާ ހޮސްޕިޓަލުގެ ޑިރެކްޓަރ ޑރ އާޠިފް އަލް-ކަޙްލޫތް ވިދާޅުވީ އެ ކޭމްޕަށް ދިން ހަމަލަތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި، ސަލާމަތް ކުރަން މެދުކެނޑުމެއް ނެތި އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!