ދުނިޔެ

އަތްމައްޗަށް ދަރިފުޅު ނަގައިގެން ދުވެފައި ބައްޕަ ދިޔައީ ފުރާނަ ސަލާމަތްކުރެވޭތޯ, ހޮސްޕިޓަލަށް ވަދެވުނު އިރު ފުރާނައެއް ނެތް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާގައި ޒަޙަމްވި ތުއްތު ދަރިފުޅު އަތްމައްޗަށް ލައިގެން ފުރާނަ ސަލާމަތް ކުރުމަށް ބައްޕަ ދުވަމުން ދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.

Ads by Sosun Fihaara

އެ ވީޑިއޯއިން ފެންނަނީ ބައްޕައަކު ތުއްތު ދަރިފުޅު އަތްމައްޗަށް ލައިގެން ކާރުން ފައިބައިގެން ދުވެފައިދާ މަންޒަރެވެ. އޭރުވެސް އެ ކުއްޖާ ގައިގެ އެކި ތަންތަނުން ލޭ ފައިބަމުންދާ މަންޒަރު ފެނެއެވެ.

އޭނާގެ ފަހަތުން ގިނަ ބަޔަކު ދުވެފައި ގޮސް ހޮސްޕިޓަލަށް ވަންނަ މަންޒަރު ފެނެއެެވެ. ނަމަވެސް ޑޮކްޓަރާ ހަމައަށް ދެވުނުއިރު ކުއްޖާ ވަނީ މަރުވެފައެވެ. ވީީޑިއޯއިން ފެނުނު ގޮތުގައި އެ ކުއްޖާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ޔަހޫދީންގެ މެދުކެނޑުމެއް ނެތް ހަމަލަތަކާ ގުޅިގެން ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ސަރަހައްދުން ކާބޯތަކެއްޗާއި ބޯފެން ވަނީ ހުސްވެފައެވެ. އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ، ޣައްޒާގައި ދިރިއުޅޭ މުސްލިމުންގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށް ވިދާޅުވެފައެވެ.

މި ހަމަލާތަކުގައި ޣައްޒާގައި މިހާތަނަށް 9،061 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 3،760 މީހުން ހިމެނެއެވެ. 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!