ދުނިޔެ

ތުރުކީން ތިބީ ޣައްޒާގައި ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް އެހީވާން ތައްޔާރަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަލަސްތީނުގެ ގާޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލް ބަންދުކުރުމާ ގުޅިގެން އެތަނުގައި ތިބި މީހުންނަށް އެހީވާން ތައްޔާރު ކަމަށް ތުރުކީން ބުނެފިއެވެ.

Ads by WAMCO

ޣައްޒާގެ ޓާކިޝް-ޕަލަސްޓީނިޔަން ފްރެންޑްޝިޕް ހޮސްޕިޓަލް ބަންދުކުރަން ޖެހުނީ އިސްރާއީލުން ބޮން އެޅައި ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން އެތަނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ތެޔޮ ހުސްވުމާ ގުޅިގެން ކަމަށް ސިއްހީ އޮފިޝަލުން ބުދަ ދުވަހު ވަނީ ބުނެފައެވެ.

އެކްސްގައި ތުރުކީން ނެރުނު ބަޔާނެއްގައި ބުނީ ކެންސަރު ބަލީގެ މީހުންނާއި އިމަޖެންސީ އެހީ ބޭނުންވާ އެހެން މީހުން ތުރުކީއަށް ގެނެސް ފަރުވާ ކުރިއަށް ގެންދަން ތުރުކީ އޮތީ ތައްޔާރަށް ކަމަށެވެ. ތުރުކީން މިހާތަނަށް ޣައްޒާގެ ރައްޔިތުންނަށް 200 ޓަނަށްވުރެ ގިނަ އިންސާނީ އެހީއާއި މެޑިކަލް މުވައްޒަފުންގެ ޓީމެއް ވަނީ ފޮނުވާފައެވެ.

ތުރުކީން ވަނީ ރަފާ ބޯޑަރު ކްރޮސިން ކައިރީގައި ފީލްޑް ހޮސްޕިޓަލެއް ގާއިމުކުރުމަށްވެސް ހުށަހަޅައިފައެވެ.

ތުރުކީ-ފަލަސްތީން ފްރެންޑްޝިޕް ހޮސްޕިޓަލްގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވާއިރު ޣައްޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލުން މިހާރު ހިދުމަތް ނުލިބެއެވެ. އަދި 72 ޕްރައިމަރީ ހެލްތް ކެއާ ކްލިނިކްގެ ތެރެއިން 50 އަށް ވުރެ ގިނަ ކްލިނިކް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ތެލުގެ ސަޕްލައި ކަނޑާލައި ކާބޯތަކެއްޗާއި ފެނާއި ކަރަންޓު ލިބުން ވަރަށް ބޮޑަށް ވަނީ ހުއްޓިފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލްތަކަށް ވެސް ބޮމުގެ ހަމަލާތައް ދެމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!