ޝަކުވާތައް ގިނަވުމާއެކު ވިނަރެސް ފްލެޓު ވިއްކުން މެދުކަނޑާލައިފި

އާބަންކޯއިން ބުނީ، އެ ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ އެޕާޓުމަންޓް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މިހާރު މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.
އަދި އެ މައްސަލަތައް ހައްލުކުރުމަށް ފަހު ވިނަރެސް މަޝްރޫއުއިން އެޕާޓުމަންޓު ގަތުމަށް ފުރުސަތު ހުޅުވާލާނެ ތާރީހެއްް އިއުލާން ކުރާނެ ކަމަށް އާބަންކޯއިން ވިދާޅުވިއެވެ.
ޖުމުލަ 1344 ޔުނިޓް ހިމެނޭ ވިނަރެސް ފްލެޓުތަކުގެ ތެރެއިން މިއަދު ވިއްކަން ހުޅުވާލީ ނުވިކި ހުރި 123 ޔުނިޓެވެ.
ފްލެޓު ގަންނަން އެޕްލިކޭޝަން ހުށަހަޅަން މިއަދު ހެނދުނު 10 ޖެހިއިރު ފުރުސަތު ހުޅުވާލުމުން އެ އެޕާޓްމަންޓްތައް ގަންނަން ފޯމްލާން މަސައްކަތް ކުރި ގިނަ ބަޔަކަށް ވަނީ ފޯމް ނުލެވިފަ އެވެ. އެގޮތަށް ދިމާވީ އެޗްޑީސީގެ ޕޯޓަލް ޑައުންވުމާ ގުޅިގެންނެވެ.