ޚަބަރު ސިޔާސީ

ޙައްޤުވެރިންނަށް ފްލެޓް ލިބޭނެކަން، ޑިމޮކްރެޓްްސްއިން ކަށަވަރު ކުރާނެ: އާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އަލީ އާޒިމް

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ޙައްޤުވެރިންނަށް ފްލެޓް ލިބޭނެކަން ދަ ޑިމޮކްރެޓްސް އިން ކަށަވަރު ކުރާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ، 4000 ފްލެޓް މި ނިމެންދާ ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ގާތް މީހުންގެ ލިސްޓުތަކަށް ބަހާލާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެކަން ކޮށްފައިވާ ގޮތް ބަލައި، އިންސާފުވެރިކޮށް ޙައްގުވެރިންނަށް ފްލެޓް ލިބޭނެކަން ޑިމޮކްރެޓްސް އިން ކަށަވަރު ކުރާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރިއަށްގެންދާ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުޤީޤަށް، އެ ކޮމިޝަނުން ޕްލޭނިން މިނިސްޓްރީއަށް މިއަދު ވަޑައިގެންފައިވެއެވެ.

ޕާޓީ ކުދިންނާއި، ގާތް އެކުވެރިންނަށް އެމްޑީޕީގެ ސަރުކާރުން ފްލެޓްތައް ބަހައިލިކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ. އެގޮތުން ޕޮއިންޓް ދީފައި ހުރި ގޮތާއިމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑެވެ.

އޭސީސީން މިއަދު ހެނދުނު ވަނީ މިކަމުގެ ތަޙްޤީޤު ފަށައިފައެވެ.

ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކުރުމުން ޝަކުވާތަކެއް ހުރުމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ވަނީ އިއްޔެ އިން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފައެވެ.

Ads by Ooredoo
  1. ބުނެދީ

    މާލޭގައި 43އަހަރު އާއިލާ ގޮވައިގެން އެއްކޮޓަރިއެއްގަ އުޅޭމީހާ ދުވަހަކު ސަރުތުހަމަވާ ވަރަށް ޕޮއިންޓެއް ނުލިބޭ އެކަމަކު މާލޭގަ ދެގޯތި އޮންނަމީހާވެސް ސަރުތުހަމަވޭ މިކަމުގައި އިންސާފުހޯދަން ދާނެތަނެއް ބުނެދީބަލަ

  2. އިއްބެ

    ޙއްޤުންއެއްކިބާވެފައިވާމީހުނަށްހައްްުހޯދައެއްނުދެވޭނެއަމިއްލައެދުމުންފޯވެފައިވާމީހުނަށްގަދަކުރެވޭނީހަމައަނގަ

  3. ޒަވިޔަނި

    އަމިއްލަގޭ މީހާ ކުއްކުރީމަ އެކަންނުފެންނަ ބަޔަކަށް ކޮންއިންސާފެއްގެނެވޭނީ.