ރައީސް މައުމޫން ކޮވިޑަށް ފައްސި ވެއްޖެ
 
                                                    ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ދާދި ދެންމެ އަކު ކުރެއްވި ޓްވީޓެއްގައި މައުމޫން ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.
މައުމޫންގެ އުމުރުފުޅުން 82 އަހަރު ވެފައިވާއިރު، އުމުރުން ދުވަސްވީ މީހުންނަކީ ކޮވިޑްގެ އެންމެ ހައި ރިސްކު ކެޓަގަރީގެ މީހުންނެވެ.
ރައީސް މަޢުމޫން ކޮވިޑަށް ފައްސިވިކަން ހާމަކުރެއްވުމާ ގުޅިގެން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ އާންމުން އަންނަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާކުރައްވާ ޓުވީޓް ކުރައްވަމުންނެވެ.
ﷲ އެމަނިކުފާނަށް ޝިފާ މިންވަރު ކުރައްވާށިއެވެ.
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
