ޚަބަރު ސިޔާސީ

ސާޖިދާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ދީފައި ނުވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފިއެވެ.

Ads by Hajj Corporation

ސާޖިދާ ހުށަހެޅުއްވި މައްސަލައަކީ، އޭނާގެ ވަޒީފާއާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހެޅުއްވި ހުށަހެޅުން އެ ކޯޓުން ބަލައި ނުގަތުމުން ސުޕްރީމް ކޯޓުގައި ހުށަހަޅާފައިވާ މައްސަލައެކެވެ.

ހައިކޯޓަށް އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ވަނީ ބޭރުކޮށްފައެވެ. އެ މައްސަލަ ބޭރުކޮށްލީ، ސާޖިދާގެ ފަރާތުން އެ މައްސަލައިގައި ގާނޫނީ ބަހުސެއް ހިމެނޭ ކަމެއް އިސްތިއުނާފުގައި ހިމަނާފައި ނެތުމުންނެވެ.

އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް މިދިޔަ ހަފުތާގައި ނިންމީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައިވަނީ ސާޖިދާއަށް އެ މަގާމު ނުދޭން ސަރުކާރުން ނިންމީ މުއިއްޒުގެ އަނބިކަނބަލުންނަށް ވާތީކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އޭނާއާ މެދު ތަފާތު ކޮށްފައިވާ ކަމަށް ބުނެފައި ވިޔަސް، ތަފާތު ކުރި ގޮތެއް ބުނެ ނުދެވޭ ކަމަށް އެ ނިންމުމުގައިވެއެވެ. ސުޕްރީމް ކޯޓުން މިމައްސަލަ ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

Ads by Allied Insurance
  1. ހުސެން

    ދެންހެޔޮ ނުދިނަސް މިހާރު އެއީ ފަސްޓް ލޭޑީ . ޙިފެހެއްޓި ފަޒީފާ ހިފަހައްޓައިގެން ދެން ތިބޭށެވެ.