ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

އެމްޑީޕީ ލީޑާޝިޕުގެ ބޭފުޅުންނަށް ބޭރުގެ ޤައުމުތަކަށް ނޭރޭވަރު ކުރާނަން: ރައީސް ނަޝީދު

ޙައްވާ އިނާޝާ ، ދެން އޮންލައިން

އެމްޑީޕީގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުންނަށް ބޭރުގެ ގައުމުތަކަށް ނޭރޭވަރު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

Ads by STELCO

އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ރައީސް ނަޝީދު މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި މިފަދައިން ވިދާޅުވީ އެ މަނިކުފާނު މިހާރު ޔޫއޭއީއަށް ވަޑައިގެން ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިންތިޒާމުކުރާ ފަރާތްތަކަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަޙުމަދު ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

އެގޮތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އެ ކޮންފަރެންސަށް ވަޑައިގެންނެވީ މަޖިލީހުގައި މިހާރު އޮތް ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލައަށް ފިއްލަވަން ކަމަށެވެ.

މިގޮތުން އެ ކޮންފަރެންސްގައި ވާހަކަ ދައްކަވާ ބޭފުޅުންގެ ލިސްޓުން ރައީސް ނަޝީދު އުނި ކުރެއްވުމަށް ވެސް އިސްމާއިލްގެ ސިޓީގައި އެދިފައިވެއެވެ.

އެ ސިޓީއަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ބޭފުޅުންނަށް ބޭރު ޤައުމުތަކަށް ނޭރޭ ވަރު ކުރާނެ ކަމަށެެވެ. އަދި އެމްޑީޕީގެ ލީޑަޝިޕުން އުޅެނީ "ކުޑަކުދިންތަކެއް އުޅޭހެން" ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން ކޮންފަރެންސް ހިންގާ ފަރާތުން ޖަވާބުގައި ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި އެ ފަރާތުން ފިޔަވަޅެއް ނާޅާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ ސިޓީ ފޮނުއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، އެމަނިކުފާނުގެ ޅިޔަނު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)، އަދި އެމަނިކުފާނުގެ ކޮއްކޮ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އެންގުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކި ކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާ ކަމަށް ބުނެ މި މައްސަލައިގައި ކުރިއަށް ދެވޭނެ އިތުރު ގޮތެއް ހޯދުމަށް ސްޕްރީމް ކޯޓަށް އެމްޑީޕީން ވަނީ ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފައެވެ. ސްޕްރީމް ކޯޓުގައި މި ހަފްތާތެރޭގައި ކުރިއަށް ދިޔަ މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ. އެމްޑީޕީން މީގެ ކުރިން ބުނީ ރައީސް ނަޝީދުގެ މައްސަލައިގައި ސްޕްރީމް ކޯޓުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެ ޕާޓީން އެ ނިންމުމަށް އިހްތިރާމް ކުރާނެ ކަމަށެވެ.

Ads by Ooredoo
  1. އޯ ހަސީނާ

    ކަލޭގެ ބަސް އަހާނެ ހަމަ އެކަކު ނެތޭ ދުނިޔޭގައިވެސް މި ރާއްޖާގައިވެސް އަންނި އެޕިސޯޑް ނިމެނީ ދެން ނުލިބޭނެ މަޖްލިސް ގޮނޑިގަޑެއްވެސް. ފެއިލްވީ ބާކީވީ ބޮނޑުބުޑަށް ސައިވަނީ. އަރާނެ ގެއެއް ބޯޑުގަ ބޭރުގަވެސް ނެތް. ހެހެހެހެ. ދެންއުޅެން ޖެހޭނީ ގުރައިދޫގައި.

  2. އޯ ހަސީނާ

    ކަލޭގެ ބަސް އަހާނެ ހަމަ އެކަކު ނެތޭ ދުނިޔޭގައިވެސް މި ރާއްޖާގައިވެސް އަންނި އެޕިސޯޑް ނިމެނީ ދެން ނުލިބޭނެ މަޖްލިސް ގޮނޑިގަޑެއްވެސް. ފެއިލްވީ ބާކީވީ ބޮނޑުބުޑަށް ސައިވަނީ. އަރާނެ ގެއެއް ބޯޑުގަ ބޭރުގަވެސް ނެތް. ހެހެހެހެ. ދެންއުޅެން ދާން ޖެހޭނީ ގުރައިދުއަށް

  3. ޢަބްދޫ

    ޜިޒްވާނުގެ ގެއްލުމާއި ނަސީދު އާއި ގުލުންވޭ.މިކަލޭގެ ހައްޔަރުކުރަން ސާލިހުއަށް ދަންނަވަން