ޖަޒާ ލިބުން އޮތީ ތިމާގެ ހިތުގެ ރަނގަޅުކަމާއި, ނުބައިކަމުގެ މައްޗަށް: ޚުތުބާ

ޖަޒާ ލިބުން އޮތީ ތިމާގެ ހިތުގެ ރަނގަޅުކަމާއި, ނުބައިކަމުގެ މައްޗަށް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "ސަލާމަތްވެގެންވާ ހިތް" މިއެވެ.
ހުތުބާގައު ބުނެފައިވަނީ އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތް ކަމަށާއި ކޮންމެ އިންސާނަކުވެސް އޭނާގެ ހިތް ރަނގަޅުކޮށް, އިސްލާހު ކުރުމަށާއި, ހެޔޮ އަމަލު ކުރުންމަތީ ދެމިހުރުމަށް މަސައްކަތް ކުރަން ވާނެ ކަމަށެވެ. އަދި ހިތް އިސްލާހު ކުރަން ވާނީ އޭނާގެ ދުނިޔެއާއި, އާހިރަތް ރަނގަޅުކޮށްދޭނެ މަންހަޖަކާ އެއްގޮތަށް ކަމަށް ހުތުބާގައި ބުންޏެވެ.
އެ މަންހަޖު ބިނާވެފައިވަނީ ފިތުނަ ފަސާދައިން ހިތް ހިމާޔަތްކޮށް, ރައްކާތެރި ކޮށް, ތެދުމަގުގައި ހިތް ދަމަހައްޓައިގެން ކަމަށެވެ.
މީގެ އިތުރުން އިސްލާތީ މަތިވެރި އަހްލާގުގެ މަތީގައި ކުރިޔަށްދާ މީހުންނަކީ މި ބިންމަތީގެ ނަސީބުވެރިނަ ކަމަށާއި އެ މީހުންނަކީ އާހިރަތުގެ ބާއްޖަވެރިން ކަމަށް ހުތުބާގައި ބުންޏެވެ.