ދުނިޔެ

އަލިފާން ފަރުބަދައެއް ގޮވައި ޖަޕާނުގައި އާ ރަށެއް އުފެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ޖަޕާނުގެ ވެރިރަށް ޓޯކިޔާ ކައިރީގައި އާ ރަށެއް އުފެދިއްޖެއެވެ.

Ads by Sosun Fihaara

ތަޖުރިބާކާރުން މިހާރު ދަނީ އެ ރަށުގެ ކޮމްޕޮޒިޝަން ދެނެގަނެ، އެއީ ކިހާ ދުވަހަކަށް ދެމިގެންދާނެ ރަށެއްތޯ ބަލަމުންނެވެ.

ޖަޕާނުގެ އިވޯ ޖިމާގެ އައްސޭރިފަށުން ގާތްގަނޑަކަށް 1 ކިލޯމީޓަރު ދުރުގައި އަދި ޓޯކިޔޯގެ ދެކުނުން 1،200 ކިލޯމީޓަރު ދުރުގައި އޮންނަ މި އަލިފާން ފަރުބަދަ ގޮއްވާލާފައިވަނީ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީގެ ވޮލްކެނިކް ޑިވިޝަންގެ ޔޫޖީ އުސުއީ ބުނީ އެ ރަށުގެ ދިގުމިނުގައި ގާތްގަނޑަކަށް 100 މީޓަރު ހުރި ކަމަށާއި ކަނޑުގެ ލޮނުގަނޑުން 20 މީޓަރު އުސްމިނަށް އަރާފައިވާ ކަމަށެވެ.

އޭނާ ބުނީ ކަނޑުއަޑީގައި މިފަދަ ދެ ހާދިސާއެއް މި ފަހުން ހިނގާފައިވާ ކަމަށާއި ނަމަވެސް ވަކި ރަށެއް އުފެދުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!