ދީން

އަނެކާގެ ފަރާތުން ބަދަލުހިފަން އުޅޭ މީހަކަށް ވުމުގެ ބަދަލުގައި އޯގާތެރިކަން އިސްކޮށް މަޢާފުކުރާ މީހަކަށްވާށެވެ.

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮންމެ މީހަކުވެސް އުންމީދުކުރަނީ އެމީހަކަށް ކުރެވޭ ކުދި ބޮޑު ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައި ސީދާ ސުވަރުގެ ވަދެވުމަށެވެ. މިކަން ހާސިލްކުރުމަށްޓަކައި ކުރެވޭ ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހެއެވެ.

Ads by MWSC

އެންމެ މުހިންމު ކަމަކަށް ހިތްސާފުކުރަންވީއެވެ. ތިމާ ނުރުހޭ ކަމެއް މީހަކު ކުރިކަމުގައި ވިޔަސް އެމީހަކަަށް ވެސް ހިތްސާފުކުރާށެވެ. މާފުކުރާށެވެ. އަބަދުވެސް ހަނދާން ކުރަންޖެހޭ އެއް ކަމަަކީ ދުނިޔޭގެ ޙަޔާތަކީ އިމްތިހާނެއް ކަމެވެ. ދިމާވާ ކަމަކާއި ގުޅިގެން ހިތުގައުވާ އުންމީދުގެ ހުޅުކޮޅޫ ނިއްވާނުލާށެވެ.

ދުނިޔެމަތީގައި އުޅޭނީ އެކިކަހަލަ މީހުންނެވެ. ހިތްނުބައި ޙަސަދަވެރިންނާއި، ހެޔޮއެދޭ މީހުންނެވެ. ތެދުވެރިންނާއި ދޮގުވެރިންނެވެ. މަކަރުވެރިންނާއި ނަފްސު ތާހިރު މީހުންނެވެ. އެތެރެފުށް ނުބައި ބޭރުފުށް އޮމާން މީހުންނެވެ.

ކޮންމެ މީހަކީވެސް ފާފަތައް ކުރެވޭނެ މީހެކެވެ. އަޒުމް ކަނޑައަޅަންވީ ފާފަފަތައް ތަކުރާރުވިޔަ ނުދިނުމަށެވެ. ތިމާ ވާންވީ އޯގާތެރިކަން އިސްކޮށް ދިމާވާ ކަންތައްތަކުގައި މަޢާފުކުރާ މީހަކަށެވެ. އަނެކާގެ ފަތިފުށް ހޯދާ މީހަކަށް ވުމުގެ ބަދަލުގައި ތިމާގެ އުނިކަން ފާހަގަކޮށް އެކަން އިޞްލާޙުކުރާށެވެ.

ކުރިމަތިވާ ކޮންމެ ހިތްދަތިކަމަކީ އިމްތިހާނެކެވެ. މިއިން ކޮންމެ ކަމަކީވެސް މާތް ﷲ ކުރިމަތިކުރައްވަވާ އިމްތިހާނެކެވެ. މީހަކު ތިމާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ދިންނަމަވެސް ކެތްތެރިކަން އިސްކުރާށެވެ. ބަދަލުހިފުމުގެ ވިސްނުން ދޫކޮށްލަންވީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!