ޚަބަރު

މާފަންނު ހުޅަނގު ބަދަލުވެ، މިފަހަރު ދާއިރާގެ އެންމެންގެ އެކުވެރި އިމްނާ މުސްތޮ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، މަޖިލީހަށް މިފަހަރު ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. މިގޮތުން މާލޭގެ މާފަންނު ހުޅަނގަކީ އެމް.ޑީ.ޕީގެ ދިގު ތާރީހެއް އޮންނަ ދާއިރާއެކެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ ދާއިރާއަށް ބޮޑު ބަދަލެއް އަންނަމުންދާ މަންޒަރެވެ. ނިމިދިއަ ރިޔާސީ އިންތިހާބުގައިވެސް މާފަންނު ހުޅަނގުގައި ބެހެއްޓުނު ފޮށިތަކުން މެޖޯރިޓީ ފޮށިތައް ޕީ.ޕީ.އެމް، ޕީ،އެން.ސީން ކާމިޔާބު ކޮށްފާވާއިރު، މި ކާމިޔާބީގެ ފަހަތުގައި ދެ ޕާޓީގެ ލީޑާރޝިޕާއި އެކު ގިނަ މަސައްކަތްތަކެއްކޮށް މާފަންނު ހުޅަނގުގެ ރައްޔިތުން ގޮވައިގެން ވަރުބަލިކަމެއް ނެތި އުޅެފައިވަނީ އިމްނާ މުސްތޮ ކަމީ މިއަދު މާފަންނު ހުޅަނގުގެ ގިނަ ރައްޔިތުން ޤަބޫލު ކުރާ ކަމެކެވެ.

Ads by STELCO

މުސްތޯ, އިންތިޚާބީ ރައީސް އަދި ނައިބު ރައީސްއާއެކީ

އިމްނާ މުސްތޮ އަކީ ކާކު؟

މުޙައްމަދު މުޞްޠަފާ އިބްރާހީމް މ. މުޞްޠަފާ އާބާދު އާންމުކޮށް ކިޔާނަމުންނަމަ އިމްނާ މުސްތޮ މާފަންނު ގެ ބައެއް ދަރިވަރުންނާއި ބެލެނިވެރިން ދަންނަ ނަމުންނަމަ މުޞްޠަފާ ސަރ އަކީ މާފަންނު ހުޅަނގަށް އުފަން، މާފަންނު ހުޅަނގުގެ ދަރިއެކެވެ. ހިންގުމުގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓަރޑިގްރީ ހާޞިލްކޮށްފައިވެއެވެ. އުނގަންނާ ދިނުމުގެ ރޮނގުގައި އެތައް ދަރިވަރުންނަކާއި ބެލެނިވެރިންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ކާމިޔާބު މުދައްރިސެކެވެ. ސިވިލްސާރވިސްގައި މިނިސްޓްރީ އޮފް ޕްލޭނިންގ ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ގެ މަގާމު އަދާކޮށްފައިވާ ސިވިލްސާރވަންޓެކެވެ. މުލަކައަތޮޅުގެ އެންމެ ފަހުގެ އަތޮޅުވެރިޔާއެވެ. ރައީސް ޔާމީން އިސްލާމިކް ޔުނިވަރސިޓީ އުފައަދަވާދެއްދެވި ފުރަތަމަ ބޯޑަށް އައްޔަންކުރެއްވި ބޯޑުމެންބަރެވެ. އަދި ރައީސް ޔާމިންގެ ވެރިކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރެވެ. އަދި ފައިނޭންޝަލް އެގްޒެކްޓިވް އެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ސީނިޔަރ ޕޮލިސީ އެގްޒެކްޓިވް އެވެ. މިއަދުވެސް ޕީ.ޕީ.އެމް ގެ ސުލޫކީ ކޮމިޓީގެ މެންބަރެކެވެ.

މަޖިލީހުގައި މާފަންނު ހުޅަނގު ތަމްސީލުކުރުމަށް މުސްތޮގެ ވިސްނުން ހުރީ ކިހިނެއް؟

• އިންތިޚާބީ ރައީސްގެ ރަނގަޅު ސިޔާސަތުތައް ތަންފީޒު ކުރުމަށް ގާނޫނުހަދާ މަޖިލީހުގެ ތެރެއިން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީ ސަރުކާރު ޖަވާބިދާރީ ކުރުވާ ސަރުރުކާރު ދަމަހައްޓައި ދިނުން

• ގައުމަށް ނިހާޔަތަށް ބޭނުންވެފައިވާ ގާނޫނުތައް ގެނައުމަށާއި އިސްލާހުކުރަންޖެހޭ އަދި ފުށުއަރާގޮތަށް ހުރި ގާނޫނުތައް އިސްލާހުކޮށް ރައްޔިތުން ބޭނުންވާފަދަ މަސައްކަތްތަކެއް ގާނޫނު ހަދާ މަޖިލީހިގެ ތެރެއިން ކޮށްދިނުން

• އަދި ވަކިން ހާއްސަކޮށް ބަޖެޓް ފާސްކުރުމުގައި  މާފަންނު ހުޅަނގަށް އަމާޒުކުރަންޖެހޭ ދާއިރާގެ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ މަގުހެދުންފަދަ ޢުމްރާނީ ތަރައްގީތައް ހޯދުމުގައި ވަކާލާތު ކުރުމަށް

• މާފަންނު ހުޅަނގުގެ ކުލަބްތަކާއި ކުޅިވަރުތައް ކުޅޭ ޒުވާނުންނަށް މި ސަރަހައްދުގައި ދަނޑުތަކާއި ކޯޓުތައް އެޅުމުގައި ސަރުކާރާގުޅިގެން މަސައްކަތް ކުރުމަށް.

• އެންމެ ބޭނުންޖެހިފައިވާ ބޯހިޔާވަހިކަމަށް އިންތިޚާބީ ރައީސް ހައްލު ހޯއްދަވާ ދެއްވަން ކުރައްވާ މަސައްކަތުގައި ހުރި ހުރަސްތައް ނައްތާލާ އެކަމަށް މަގުފަހިކޮށްދިނުމަށް.

• ޢިލްމީ ހުނަރުވެރި ޒުވާނުންނަށް އެ ކުއްޖަކަށް އެކަށީގެންވާ ވަޒީފާއާއި ވަޒީފާގެ ކުރިއެރުން ހޯދައި ދިނުމަށް ސަރުކާރާއެކު މަސައްކަތް ކޮށްދިނުން.

  • ރައްޔިތުންނަށްޓަކައި ރައްޔިތުން ރައްޔިތުން ބަލަހައްޓާނެ ތިން މިލިއަން ރުފިޔާގެ ވެލްފެއާ ފަންޑެއް ގާއިމްކުރުން
  • މީހުންނަށް ސަލާންޖަހަން ނުޖެހޭ ފަދަ އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުން
  • ކުޅެލާނެ ދަނޑެއް ނެތް ނެތުމަށް ނިމުމެއް ގެނެސް ދަނޑެއް އެޅުން
  • ވެސްޓުޕާކުގެ މަސްބާނާ އަސްލު ޕޮއިންޓް އަނބުރާ ވުޖޫދަށް ގެނައުމަށް މަސައްކަތްކުރުން
  • ސަރުކާރާ ގުޅިގެން، ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން
  • ރައްޔިތުންނަށް ލުއި ފަސޭހަ އާއި މަންފާވާނެ ގޮތަށް ގާނޫނޫތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރުން
  • ކޮންމެ އަހަރަކު ޒުވާނުންނަށް ''ހުޅަނގު ކަޕް'' ގެ ނަމުގައި 50،000 ރުފިޔާގެ ފުޓްސަލް މުބާރާތެއް ބޭއްވުން
  • ރަސްފަންނު އަށް ދިމާވެފައިވާ ޗަކަވުން ނިމުމަކަށް ގެނައުން
  • ހަލާކުވެ ފެންބޮޑުވެފައިވާ މަގުތައް ޒަމާނީ މަގުތަކަކަށް ބަދަލުކުރުމަށް މަސައްކަތްކުރުން

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފޯރި ގަދަވެފައިވާއިރު، އިލްމީ ޤާބިލު މަންދޫބުންތަކެއް ހޮވުމުގެ ރޫހު މި ވަނީ އާލާވެފައެވެ. މި ހުރިހާ ގިންތިއަކަށްވެސް ފެތޭ އިމްނާ މުސްތޮ ހުރީ މި ޒިންމާ ނެގުމަށް ތައްޔާރަށެވެ.

އެޑިޓަރުގެ ނޯޓް: މިއީ ވިޔަފާރި އުސޫލުން ގެނެސްދީފައިވާ ރިޕޯޓެކެވެ. މަޖިލިސް އިންތިޚާބުގެ ރިޕޯޓްތައް ޝާއިއުކުރަން ބޭނުންފުޅުވާނަމަ, 7738989އަށް ވަޓްއަޕް ނުވަތަ ވައިބާ އިން އިން މެސެޖް ކުރައްވާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!