ފުވައްމުލަކުގައި އެކްސިޑެންޓުވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެއްސި

ފުވަމުލަކު އެއާޕޯޓުގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެއްސިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓް މެދުވެރިކޮށް އޭނާ މާލެ ގެނައީ މިއަދު 05:24 ހާއިރުއެވެ.
ފުވައްމުލަކު އެއާޕޯޓުގައި އޮތް މޯލްޑިވިއަންގެ ފްލައިޓެއްގައި ކާގޯ އުފުލާ ބޯބުރިއަކުން ޖެހި އެކްސިޑެންޓް ހިގައިފައިވަނީ އިއްޔެ 17:34 ހާއިރެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބޯބުރި ކޮންޓްރޯލް ނުކުރެވިގެން ގޮސް ފްލައިޓުގައި ޖެހިގެނެވެ. އަދި ފްލައިޓްގެ ދަތުރު ކެންސަލް ކުރަން ޖެހޭ ވަރަށް ވަނީ ހަލާކުވެފައެވެ.