ޚަބަރު އިޖުތިމާޢީ

އާބަންކޯގެ "ޑެންގީ އިޖާބަ" ކެމްޕޭނުގެ ދަށުން ކުރެހުމުގެ މުބާރާތެއް

ޙައްވާ އިނާޝާ ، ދެން އޮންލައިން

އާބަންކޯ އިން ހުޅުމާލޭގައި މަދިރި ނައްތާލުމަށް ކުރިއަށް ގެންދާ "ޑެންގީ އިޖާބަ" ކެމްޕޭނާ ގުޅިގެން ކުރިއަށް ގެންދާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

Ads by MWSC

މިކަން ހާމަކޮށް އާބަންކޯ އިން ވިދާޅުވީ ޑެންގީ އިޖާބަ ތީމުގެ ދަށުން ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިން ހުށަހަޅާ ކުރެހުމުގައި ހުންނަންވާނީ ޑެންގީ އިން ރައްކާތެރިވުމާ ގުޅުންހުރި ކަންތައްތަކެއް ކަމަށެވެ.

އެގޮތުން މަދިރި ނައްތާލުމާއި ޑެންގީ އިން ރައްކާތެރިވުމަށް އާއްމުން ހޭލުންތެރި ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވެނީ ފަސް އަހަރާއި 13 އަހަރާ ދެމެދުގެ ކުޑަކުދިންނަށެވެ.

އާބަންކޯ އިން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އާބަންކޯ އިން ވިދާޅުވީ މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް މި މަހުގެ 16ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އާއި މެންދުރުފަހު 2:00 އާ ދެމެދު އާބަންކޯގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހަމަ އެހެންމެ މި މުބާރާތުގައި ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން އެއްވަނަ، ދެވަނަ، އަދި ތިންވަނަ އަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަ ކުރެއެވެ.

މިގޮތުން އެއްވަނަ އަށް ހޮވޭ ކުރެހުމަކަށް 3،000 ރުފިޔާ ކަނޑައެޅިފައިވާއިރު ދެވަނައަށް 1،500 ރުފިޔާ، އަދި ތިންވަނައަށް 500 ރުފިޔާގެ އިނާމެއް ވަނީ ކަނޑައެޅިފައެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!