ފަނޑިޔާރު ޝަކީލް ރިޓަޔަރ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް މިއަދު ރިޓަޔަރކުރައްވައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ ޝަކީލް ފަނޑިޔާރު. ކަމުގައި 20 އަހަރުގެ ދިގު ހިދުމަތަކަށްފަހު މިއަދު މަގާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން އެ ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި ތަހުނިޔާ ދަންނަވާ ކަމަށެވެ.
ޖޭއެސްސީން ވިދާޅުވީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ރިޓަޔަރމެންޓް ޤަވާދުގެ ދަށުން، ފަނޑިޔާރުކަމުން ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރ ކުރެއްވީ، ހިތުގެ ބައްޔެއްކަމަށްވާ "ސިކް ސައިނަސް ސީންޑްރޯމް" އާލާސް ކަންފުޅުގައި އުޅުއްވާތީ ކަމަށެވެ.
ސިއްހީ ސަބަބާހުރެ ފަނޑިޔާރުން ރިޓަޔަރކުރުމަކީ ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެ ކޮމިޝަނުން އަދާކުރަމުންދާ މަސްއޫލިއްޔަތެކެވެ. ސިއްހީ ސަބަބަށްޓަކައި މި އަހަރު މިހައިތަނަށް ހަތަރު ފަނޑިޔާރަކު ރިޓަޔަރކޮށްފައި ވެއެވެ.
ފިލަން ދުވަނީ ދޯ؟؟
އަދީބުވެސް ބަންދުން ރިޓަޔާ ކުރައްވައިފި