ފުލުހުންނަށް ޕްރޮމޯޝަން ދީފައިވަނީ އުސޫލާ އެއްގޮތަށް: ފުލުހުން
ފުލުހުންނަށް ޕްރޮމޯޝަން ދީފައިވަނީ އުސޫލާ އެއްގޮތަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައިވަނީ ޝަރުތުހަމަނުވާ ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ މި ޕްރޮމޯޝަން ތަކަކީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ
އަދި ޕްރޮމޯޝަން އޭރު ހަވާލުނުކުރީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ ކަމަށާއި އެ ޕްރޮމޯޝަން ތަކަކީ މި ޚިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެެ.