ކޮމިޝަނަރ އޮފް ޕްރިޒަންސް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި ހުންނެވި އަހްމަދު މުހައްމަދުފުޅު މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވާ މިއަދު ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ އަންނަ އާދީއްތަ ދުވަހުން ފެށިގެން މަޤާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް މިއަދު ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
ރައީސް ޞާލިހްގެ ސަރުކާރުގައި 2019 ވަނަ އަހަރު އައްޔަންކުރި އިންސްޕެކްޓަރ އޮފް ޕްރިޒަންސްގެ މަޤާމުގައި އަހްމަދު މުހައްމަދުފުޅު ހުންނަވަނިކޮށް ކޮމިޝަނަރ އޮފް ޕްރިޒަންގެ މަޤާމަށް ހަމަޖެއްސެވީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގައެވެ.