ޚަބަރު ސަރުކާރު

ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން
މިނިސްޓަރު އަސްލަމް: ގެދޮރުވެރިޔާ ލޯނުން ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ./ ފޮޓޯ: ދި އެޑިޝަން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އާންމުކޮށްފިއެވެ.

Ads by MWSC

މިކަން ހާމަކޮށް ހައުސިން މިނިސްޓްރީން މިރޭ ކުރެއްވި އިއުލާނުގައި ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އެކުލަވާލީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށެވެ.

އެގޮތުން މި ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ލިބޭ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް، 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ބަޔަކަށް ލިބޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ ދެ ކޮޓަރީގެ ފުލެޓުތައް ދިނުމަށް ހަމަޖެހިފައި ވަނީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ހާމަކުރައްވައެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ މި ސްކީމުން ދޫކުރާ ފްލެޓުތަކަށް ކުލި ދެއްކުމަށް ހަމަޖެހިފައި ވަނީ ފުލެޓް ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު ކަމަށެވެ.  އަދި ކުލި ދައްކަންޖެހޭ ޖުމުލަ މަހުގެ އަދަދަކީ 300 މަސް ކަމަށް އެ މިނިސްޓްރީން ހާމަ ކުރައްވައެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފުލެޓުގެ މަހު ކުއްޔަކީ 7000ރ (ހަތްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5000ރ (ފަސްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!