ޚަބަރު

އަބްދުالله ޝާހިދުގެ ސިޓީފުޅެއް މިނިސްޓަރު ޒަމީރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް، ކާމިޔާބީއަށް އެދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

Ads by STELCO

އަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނު އޮފީހުން ނިކުމެވަޑައިގަތީ އާ ފޮރިން މިނިސްޓަރު ޒަމީރަށް ތަހުނިޔާގެ ސިޓީފުޅެއް ދޫކުރެއްވުމަށް ފަހު ކަމަށެވެ. ޝާހިދު ވަނީ އެ ސިޓީ ސޯޝަލްމީޑިއާގައި ހިއްސާވެސް ކުރައްވާފައެވެ.

ޝާހިދުގެ ސިޓީގައި ވަނީ މިނިސްޓަރު ޒަމީރަށް ތަހުނީއާއި މުބާރަކު ބާދީ ދަންނަވާފައެވެ. އަދި ވިދާޅުވީ ފޮރިން މިނިސްޓްރީއަކީ 90 އަހަރުގެ ދިގު މާޒީއެއް އޮތް މުވައްސަސާއެއް ކަމަށާއި، މިހާރު އެ މުވައްސަސާ ހިނގަމުންދަނީ ޤާނޫނެއްގެ ދަށުން ކަމަށެވެ.

"މި ވުޒާރާގެ ވަޒީރުކަމުގެ މަޤާމަށް މަނިކުފާނަކީ ނުހަނު ޤާބިލް އަދި ހަމައެހާމެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުގައި އަޅުގަނޑު ދެކެމެވެ." ޝާހިދުގެ ސިޓީގައި ބުނެފައިވެއެވެ.

ޝާހިދު ސިޓީގައި އިތުރަށް ވިދާޅުވީ ޚާރިޖިއްޔާގައި މިހާރު ތިއްބެވި މުވައްޒަފުންނަކީ ޕްރޮފެޝަނަލް، ކަމަށް ޤާބިލު ހިވާގި އިޚްލާސްތެރި މުވައްޒަފުންކަމަށެވެ. އަދި ޚާރިޖީ ދާއިރާއިން ހޯދިފައިވާ ކުރިއެރުމެއްވާނަމަ އެކުރިއެރުމެއް ހޯދިފައިވަނީ މި ޓީމުގެ ސަބަބުން ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ޒަމީރުގެ ލީޑާޝިޕްގެ ދަށުން ރާއްޖެ ބައިނަލްއަޤްވާމީ އާއުސްމިންތަކަށް ގެންގޮސްދޭނެކަމަށް ޔަގީންކުރާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ޒަމީރަކީ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

Ads by HDC
  1. ވަމުންދަނީ

    އިންޑިއާ ސިފަައިން މުއިއްޒު އަށް ނުބޭލޭނެއޭ ޑިޕްލޮމެސީ ތެރޭން އެހެން ނަމަ ޖަޕާނުގެ އޮކިނާވާ ގައި ތިބި އެމެރިކާ ސިފަައިން ބޭލޭނެއޭ ދުނިޔެ މިހާތަނަށް ތަޖްރިބާ ކޮށްފައިވާ ކަމެއް ނޫނޭ މިލިޓަރީ ސިފަައިން ތަކެއް ހިސޯރު ކޮށްގެން އުޅޭ ގައުމަކުން އެ ސިފައިން ޑިޕްލޮމެސީ ތެރޭން ބޭލުން މީ ޚާރިޖީ ދާއިރާ ދަންނަ ކަމެއް ނޫނޭ އެކަމަށް އޮންނަނީ އަބަދުވެސް އެންމެ ހައްލެކޭ އެއީ ދާޚިލީ ބުންވަރު ވަރުގަދަ ވުމުން އެއާއި ހެދި މިލިޓަރީ ސިފައިންނަށް އުޅެން އުނދަގޫ ވުމޭ މީ މިހާތަނަށް ދުނިޔޭގެ ތާރީޚް ބުނެދޭ ހަގީގަތަކީ އަފްއާނުން ރަޝިއާ ސިފައިން އަދި އެމެރިކާ ސިފަައިން ފޭބީ މިގޮތަށޭ އިރާގުން އެމެރިކާ ސިފައިން ނުފަައިބަނީ އެއީ ދާޚިލީ ބުންވަރެއް އޭގައި ނެތީމައޭ ސައުދީ ގައި ތިބި އެމެރިކާ ސިފައިން ވެސް ފޭބީ ދާޚިލީ ބުންވަރާއި ހެދި އެމެންނަށް ދިމާވި ނުރައްކަލާއި ހެދިއޭ ދެން ސޮމާލިޔާގެ މޮގަދިޝޫން އެމެރިކާ ސިފައިން ފޭބީ އެމެރިކާ ސިފައިން ތަކެއް މަރާލައިގެން އެމެންގެ ހަށިގަނޑު ބިންމަތީ ދަމަމުން އެގައުމުގެ ރައްޔިތުން ދިއުމުންނޭ އެއްގޮތަކަށް ވެސް ޑިޕްލޮމެސީ ތެރޭން އެއްވެސް ގައުމެއްގެ ސިފައިން ނުފައިބާނެއޭ ފައިބާނަމަ ޖަޕާނުގެ އޮކިނާވާއިން ފައިބާނެއޭ އެމެރިކާ ސިފައިންނަށް މިހާރުވެސް ޖަޕާނުން 5 އަހަރަށް 8.6 މިލިއަން ޑޮލަރު ވަނީ ކުރިއާލާ ދީފައޭ ޑިޕްލޮމެސީ ތެރޭން އިންޑިއާ ސިފައިން ބާލާނަމޭ މުއިއްޒު ބުނަނީ އޭނާގެ ޚާރިޖީ ތަޖްރިބާ ކުޑަވެފައި އަދި އޭނާ ދުނިޔޭގެ މިލިޓަރީ ކަންކަމަށް އޭނާ ފުރިހަމަ އަށް ހޭލުންތެރި ވެފައި ނުވާތީއޭ ދެން މިދިޔަ މަހު ފްރާންސްގެ ސިފައިން ފައިބަން އެއްބަސްވީ ފްރާންސްގެ ބޭސް ވަށާލީ އެގައުމުގެ ރައްޔިތުން އެކަމަށް ފަންޑްކުރީ ޗައިނާ އާއި ރަޝިއާއޭ މީ މުޅި ދުނިޔެ ދަންނަ ބޮޑު ސިއްރެކޭ ދެން މިހާރު އިރާގުގައި ތިބި އެމެރިކާ ސިފައިންނަށް ޑްރޯން އިން ހަމަލާދެނީ ހޫތީން އެއީ ވެސް ރަޝިއާގެ މަދަދޭ މިނޫން ގޮތަކަށް އެއްވެސް ގައުމެއްގެ ސިފައިން ނުފަައިބާނެއޭ ޑިޕްލޮމެސީ އެއީ މިލިޓަރީ ސިފައިން ބާލަން އޮންނަ ފުރަތަމަ އަދި ފަހު ހައްލު ވެސް ނޫނޭ…

  2. ނުހުންނާނެއޭ

    އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި އަދި އުތުރު ތިލަފުށީގައި އިންޑިއާ އިން ބަހައްޓާފައިވާ ބަރުހަތިޔާރާއި ގުޅޭ ހުރިހާ މައުލޫމާތެއް ސަރުކާރުން އިއުލާން ކުރާށޭ ކޮން ގައުމީ ސަލާމަތެއްތޭ ތިޔާ ގޮތަށް ގައުމީ ސަލާމަތޭ ކިޔާ ފަލަސްތީނު ޔަހޫދީންނަށް އެއިރު އޮތް ވެރިކަމުން ވިއްކާލާ ކަޓްކާލީ ހުރިހާ ލިޔެ ކިޔުމެއް ހާމަކުރާށޭ އިންޑަސްޓްރިއަލް ވިލެޖް ގައި އިންޑިއާ ސިފައިން ހަތިޔާރާއި އެކު ތިބެން ޖެހޭނެ އެއްވެސް ސަބަބެއް އޮވެގެން ނުވާނެއޭ އެމެން އެތަނުން ފައްސާލާށޭ ބްރިޖް އަޅަން އެމެންނަށް ގުޅިފަޅުން ތަންކޮޅެއް ކުއްޔަށްދޭށޭ އެމެންނަށް އެޅޭނެ ބްރިޖެއް ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ ނުހުންނާނެއޭ