ޚަބަރު

ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބު، ނައިބު ރައީސް ޙުސައިންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، ޗައިނާގެ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު، ޗައިނާގެ ސްޓޭޓް ކައުންސިލަރ ޝެން ޔިކިން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Ads by MWSC

މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް، ޙުސައިންގެ ވާހަކަފުޅުގައި، ޗައިނާގެ ވަފުދަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން ކަމަށާއި، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްކަމުގެ ހެއްކެއް ކަމަށްވެސް ނައިބު ރައީސް ޙުސައިން ފާހަގަކުރައްވާފައިވެއެވެ.

ސްޓޭޓް ކައުންސިލަރު ޝެން ޔިކިން ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްގެ ސްޕެޝަލް އެންވޯއީގެ ހައިސިއްޔަތުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ އެކަމަނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެކަމަނާ ވަނީ ނައިބު ރައީސް ހުސައިން މަޤާމާ ހަވާލުވެވަޑައިގަތުމުން އެކަމަށް މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އެ ދެބޭފުޅުންވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެޤައުމުގެ މެދުގައި އޮތް އިތުބާރާއި، ވިސްނުމާއި، އިޙްތިރާމާއި، ޙިއްޞާވާ މަސްލަހަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ހަމައެއާއެކު، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމާއި، މާލީ އެއްބާރުލުމާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅިގެން މަޝްވަރާތައް ކުރައްވާފައިވާއިރު، އެ ދެޤައުމުގެ ދެމެދުގައި ވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވާފައިވެއެވެ.

Ads by HDC
  1. ކާށިހޮވާދޯ

    ޒަމީރު ޚާރިޖީ ވަޒީރަކަށް ކުފޫހަމަވި ގޮތް ތައް މުއިއްޒު ޖެހޭނެއޭ ރައްޔިތުންނަށް ބުނެދޭން އިންޑިއާ ސިފައިން ބާލަން އޭނާ އިންޑިއާ އާއި މަޝްވަރާ ފެށުމުގެ ކުރިން ހަމަ ޔަގީނުންވެސް މާލޭ ވިޔާފާރި ކުރާ ޖަމާއަތް އެއްގޮތަކަށް ވެސް އިތުބާރު ކުރާ މީހެއް ނޫނޭ ޒަމީރު އަކީ އޭނާގެ ވިޔާފާރި އޭނާ ކުރަމުން އަންނަ ގޮތާއި އަދި އޭނާ ފައިސާ ހޯދާފައިވާ ގޮތަކީ އެއީ މުޅި މާލެ ދަންނަ ބޮޑު ސިއްރެކޭ މިކަން ހަމަ މިހާރު ހުންނާނީ އިންޑިއާ އަށް ވެސް އެނގިފައި ދެން މިކަން ނުކުރެވޭނެއޭ ޒަމީރު ލައިގެން އެއީ ވާނެ ކަމެއް ނޫނޭ ޒަމީރު އަކީ އެއީ ގަނެވޭނެ މީހެކޭ އިންޑިއާ އަށް ވަރަށް ފަސޭހައިން ޒަމީރު އަކީ އެއީ ޕީއެންސީ އަށް އިންތިޚާބު ތަކަށް ވަގު ފައިސާ ޚަރަދު ކުރާ ބޮޑުވަގެކޭ އިންޑިއާ އިން އޭނާ ގަނެލާނެއޭ ދެން އިންޑިއާ ސިފައިން ނުބޭލޭނެއޭ މިސާލެއް ވެސް މަމެން ދީފާނަމޭ އޭނާ ބުންނޭ ބްރޯ ސަރުކާރުން ވައްކަން ކުރި ފައިސާ ތިމަންނާ ހޯދާނަމޭ މަޖްލީހުގެ ކޮމެޓީގެ ޖަލްސާ އެއްގައި އެންމެ ރުފިޔާ އެއްވެސް އޭނާ އަށް ނުހޯދުނޭ އޭނާ އަށް ނުވެސް އިނގޭނެއޭ އެކަން ކުރާނެ ގޮތް ވެސް އެއަށް ވުރެން އޭނާ ގަމާރުވާނެއޭ މަމެން ނަށް އިރު ފެންނަ ފަދައިން އިނގެއޭ ތިޔާ ތެޔޮ ޒަމީރަށް އިންޑިއާ ސިފައިން ވެސް ނުބޭލޭނެއޭ އަދި ރާއްޖޭގެ ޚާރިޖީ ކަންކަން އޭނާ އަށް ރައްޔިތުން ބޭނުންވާ ގޮތަށް ނުގެންދެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ މުއިއްޒު ޖެހޭނީ ދެން އިންޑިއާ ސިފައިން އޭނާ ލައްވާ ބާލަން އުޅޭނަމަ އެކަން ހަނދާން ނައްތާލާ މުއިއްޒު ތަ ތިޔާ ކަން ހަނދާން ނައްތާލާ ރަށުތެރޭން މުޑިކާށި ހޮވަން ދަގަ ދަގަ ދަަގަ ބަލާ އެއޮތީ ކާއްޓެއް މިއޮތީ ކާއްޓެއް ހޮވާ ހޮވާ ހޮވާ ކާށިހޮވާ ކާށިހޮވާ ކާށިހޮވާ ކާށިހޮވާދޯ…

  2. ސީލަބަލަ

    ޔުމްނާ މައުމޫނު ވަރަށް ރަނގަޅު އަންހެން ވަޒީރުން ގިނަ ނުކޮށްގެން ފާޑުކިޔަން ތަ ވަޒީރު ކަން ކުރިއިރު ޓީވީއެމް ގެ ހުރިހާ ޕްރޮގްރާމްސް ތަކަށް އަރާ ކަނޑުކޮހުން ވާހަކަ ދައްކަނީ ދިވެހި ބަހާއި ފަރަންޖީ ބަސް އެއްކޮށްގެން ކައްޕަޅި ދިވެހިންދޯ ދެން މެންދުރު ފަސް ކިޔާ އެތަނުން ގެނެސްދޭ ޕްރޮގްރާމް ގައި ހިންދީ ރާގަށް ހަދާފައި ހުންނަ ލަވަތައް ގެނެސްދެނީ އެއީ ކޮން ސަގާފަތެއް ކުރިއަރުވަންތޭ ތަމެންނަކީ ފުރަތަމަ އެމަގާމަށް ކުފޫ ހަމަވާ މީހެއް ނޫނޭ ތަ ދެން ދެފައި ދަނޑިއަށް ސީލަބަލަ ޔުމްނާ ސީލަބަލަ ސީލާ ސީލާ ސީލާ ސީލާ…

  3. ދަންނާތި

    އިންޑިއާ ސިފައިން ގެންދަން މުއިއްޒު ބޭނުންވަނީ މަޝްވަރާގެ ތެރޭން އެއީ ޑިޕްލޮމެސީ މީ ޚާރިޖީ ދާއިރާއޭ މިނުވާނެއޭ ފަތުރުވެރިކަމުގެ ވުޒާރާގޮތަށް މުއިއްޒުގެ ޒާތަށް ބަލާއިރު ވެސް މުއިއްޒު އަކީ ޚާރިޖީ ދާއިރާގެ ތަޖްރިބާ މަދުމީހެކޭ ދެން ޒަމީރު ވޮށިފިލާ ޖަހާމީހެކޭ އިންޑިއާ އިން އުކާ އެންކޮޅުގައި ގަންނާނެ ޝާހިދު ގަންނަ ގޮތަށް ޒަމީރު ވެސް އިންޑިއާ ސިފައިން ނުބޭލޭނެއޭ ޒަމީރު ޚާރިޖީ ވަޒީރަކަށް ހުރެ އޭނާ އިސްވެ މިމަޝްވަރާ ކޮށްގެން މިކަން ކުރެވޭނީ ދިފާއީ ވުޒާރާ ތެރޭން މިކަން ވާނީ އިންޑިއާ ސިފައިންނަށް ރާއްޖޭގެ ދިފާއީ ވުޒާރާ ތެރޭން ދޭ ހުރިހާ ޚިދްމަތެއް ފައިސާ ނެތިގެން ހުއްޓާލާ އަދި ކަނޑުގެ ޗާރޓު އިންޑިއާ ލައްވާ ކުރެހުން ވެސް ހުއްޓާލާ އަދި އިންޑިއާ އަތުން ޗާރޓު ވެސް ގަތުން ހުއްޓާލާނީ އެކަން ކުރާނީ ހުއްޖަތެއްގެ ގޮތުން އެކަން އެޓާރނީ ޖެނެރަލް އިން ބަލަން ފުރުސަތު ދީގެންނޭ އެކަން ދެން އޭޖީ ނުނިންމާނެއޭ 5 އަހަރު ތެރޭ ނަތީޖާ އަކީ އިންޑިއާ އެމްބަސީ އަށް ނިމިދިޔަ ސަރުކާރުން ކޮންމެ މަހަކު ދެމުން ދިޔަ އެތައް މިލިއަން ޑޮލަރު ހުއްޓުމޭ ދެން އެހާ ތަނުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނަށް މުސާރަ ނުދެވޭނެއޭ އިންޑިއާ އެމްބަސީ އަށް މީގެ ސަބަބުން އިންޑިއާ ސިފައިން ބޭލުން ނޫން ގޮތެއް އިންޑިއާ އަށް ނޯންނާނެއޭ އެއްގޮތަކަށް ވެސް ޚާރިޖީ ވަޒީރު ޒަމީރު ބޮޑަކަށް ލައިގެން މަޝްވަރާ ކޮށްގެން މިކަން ނުވާނެއޭ އެއިރުން މީގެ ތެެރެއަށް ވަންނާނީ މަކަރާއި ހީލަތޭ ދެން ދުވަސް ކޮޅަކުން ކެނެރީގެ ނަޝީދު ހުންނާނީ ފުލުހުންގެ އިންޓެލިޖެންޓް ގައި ތިބޭ ވަގުންނާއި ގުޅިގެން ޒަމީރު އިންޑިއާ އެމްބަސީ އަތުން ފައިސާ ގަނޑެއް ދަމައިގަތް ވާހަކަ ތައް އޯޑިއޯ ހޯދާފައޭ އެއޯޑިއޯ ކެނެރީގެ ނަޝީދު ބޭނުންކުރާނީ ޒަމީރު ބްލެކް މެއިލް ކުރަން މީ މިކަން ހިނގާނެ ގޮތަކީ ޒަމީރު ޚާރިޖީ ވަޒީރަކަށް ހުރެއްޖެނަމަ ޒަމީރު އަކީ ވަރަށް ފަސޭހައިން އިންޑިއާ އެމްބަސީން އުކާ އެން ކޮޅުގައި ގަންނާނެ ބޮޑުރަތް މަހެކޭ އެކަން ދަންނާށޭ މުއިއްްޒު ވެރިކަމުގެ ޅަފަތުގައި ދަންނާށޭ…

  4. ވައްޓަފާޅިއޭ

    އިންޑިއާ ސިފައިން ރާއްޖޭން ބާލަން މުއިއްޒު ބޭނުންނަމަ އިންޑިއާ އަށް ދައްކަން ޖެހޭ ލޯން މުއްދަތު އިތުރު ކުރަން އެދިގެން ނުވާނެއޭ އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރޭ ބޭނުންވާ ފައިސާ ހޯދަން މާލެ ސަރަހައްދުގެ ފަޅުތައް ހިއްކާ ބޮޑު އަގުގައި ބިން ތައް ވިއްކާނީ ޑޮލަރުން އަގުކޮށްގެން އިންޑިއާ ސިފައިންނަށް ދިފާއީ ވުޒާރާއިން ހިލޭދޭ ހުރިހާ ޚިދްމަތް ތައް ހުއްޓާލާ ރައީސް ނާސިރު ހެއްދެވި ގޮތަށް އަންހެން ވެރިން އިންޑިއާ އެމްބަސީ ގާތަށް 24 ގަޑިއިރު ޖަމާކުރަންވީ މިފަދަ ކަންކަން ކުރާއިރު އިންޑިއާގައި ތިބޭ ދިވެހިންނަށް ތާށިކުރަން އިންޑިއާ އިން ބޭނުންވާނެ އެކަމަކު އިންޑިއާ އަށް ނުކެެރޭނެ އެކަން ކުރަން ސަބަބަކީ އެމެން ވަރަށް ބިރުގަންނާނެ ރައީސް ޔާންޓޭ ދެކެ ޔާންޓޭ އިންޑިއާ ނޫން ގޮތެއް ހޯދަން ޔާންޓޭ ބުނެފާނެ ކަމަށް ހީކޮށް އެކަން އެގޮތަށް ވެއްޖެނަމަ އިންޑިއާ އަށް އެތައް މިލިއަން ޑޮލަރެެއްގެ ގެއްލުން ވެ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ކުރަމުން އަންނަ ވިޔާފާރި ވަގުތުން ދަމައިގަންނާނެ ޗައިނާ އިން މިކަން ނުކުރެވޭނެއޭ ޚާރިޖީ ވަޒީރު ޒަމީރު މެދުވެރިކޮށް އެއީ ވާނެ ކަމެއް ނޫނޭ ޒަމީރު އަކީ ޝާހިދު ގޮތަށް ފައިސާ އަށް ވިކޭނެ މީހެކޭ ތެދުވެރިކަމެއް ނުހުންނާނެއޭ މުއިއްޒު އަށް ވުރެން އެތައް ގުނައެއް ރަނގަޅަށް މަމެން ދަންނަމޭ ތިޔާ ޒަމީރު ފުރަތަމަ އޭނާ އަށް ފަތުރުވެރިކަމާއި ގުޅޭ ވަޒީރު ކަން ޔާންޓޭ ދޭ ގޮަަތަށް ނޫން އޮތީ ވެސް މައުމޫނު ބުނެގެންނޭ އެކަން ކޮށްދިނީ ޒަމީރުގެ ފުރިހަމަ ޑީއެންއޭ މަމެންގެ ކްލައުޑް ގައި ރައްކާކޮށްފައި އެބަހުއްޓޭ ދިފާއީ ވަޒީރު ގައްސާން ރަނގަޅުވާނެ ތެދުވެރިވާނެ އަދި އިންޑިއާ ސިފައިން ބާލާނެ ހިތްވަރާއި ފެންވަރު ހުންނާނެ ލަސްނުކޮށް ދިފާއީ ވުޒާރާ މެދުވެރިކޮށް މިކަން ކުރަންވީއޭ އެނޫންނަމަ މިކަން ނުވާނެއޭ ސަބަބަކީ މިހާރު ވައިޓް ހައުސް ސިޗުއޭޝަން ރޫމް ގައި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލަ ވާނީ ލޮގް ކޮށްފައޭ ވައިޓް ހައުސް ބިރުގަންނާނީ އިންޑިއާ އެމްބަސީ ކުރިމަތީގައި ދިވެހިން ކުރާ މުޒާހަރާ ދެކެ އެކަން ކުރާ ނަމަ ވައިޓް ހައުސް އިން ދެން ދޫކޮށްލާނެއޭ އެއީ އެމެންކަން ކުރާ ވައްޓަފާޅިއަކީ…

  5. ވަމުންދަނީ

    އިންޑިއާ ސިފަައިން މުއިއްޒު އަށް ނުބޭލޭނެއޭ ޑިޕްލޮމެސީ ތެރޭން އެހެން ނަމަ ޖަޕާނުގެ އޮކިނާވާ ގައި ތިބި އެމެރިކާ ސިފަައިން ބޭލޭނެއޭ ދުނިޔެ މިހާތަނަށް ތަޖްރިބާ ކޮށްފައިވާ ކަމެއް ނޫނޭ މިލިޓަރީ ސިފަައިން ތަކެއް ހިސޯރު ކޮށްގެން އުޅޭ ގައުމަކުން އެ ސިފައިން ޑިޕްލޮމެސީ ތެރޭން ބޭލުން މީ ޚާރިޖީ ދާއިރާ ދަންނަ ކަމެއް ނޫނޭ އެކަމަށް އޮންނަނީ އަބަދުވެސް އެންމެ ހައްލެކޭ އެއީ ދާޚިލީ ބުންވަރު ވަރުގަދަ ވުމުން އެއާއި ހެދި މިލިޓަރީ ސިފައިންނަށް އުޅެން އުނދަގޫ ވުމޭ މީ މިހާތަނަށް ދުނިޔޭގެ ތާރީޚް ބުނެދޭ ހަގީގަތަކީ އަފްއާނުން ރަޝިއާ ސިފައިން އަދި އެމެރިކާ ސިފަައިން ފޭބީ މިގޮތަށޭ އިރާގުން އެމެރިކާ ސިފައިން ނުފަައިބަނީ އެއީ ދާޚިލީ ބުންވަރެއް އޭގައި ނެތީމައޭ ސައުދީ ގައި ތިބި އެމެރިކާ ސިފައިން ވެސް ފޭބީ ދާޚިލީ ބުންވަރާއި ހެދި އެމެންނަށް ދިމާވި ނުރައްކަލާއި ހެދިއޭ ދެން ސޮމާލިޔާގެ މޮގަދިޝޫން އެމެރިކާ ސިފައިން ފޭބީ އެމެރިކާ ސިފައިން ތަކެއް މަރާލައިގެން އެމެންގެ ހަށިގަނޑު ބިންމަތީ ދަމަމުން އެގައުމުގެ ރައްޔިތުން ދިއުމުންނޭ އެއްގޮތަކަށް ވެސް ޑިޕްލޮމެސީ ތެރޭން އެއްވެސް ގައުމެއްގެ ސިފައިން ނުފައިބާނެއޭ ފައިބާނަމަ ޖަޕާނުގެ އޮކިނާވާއިން ފައިބާނެއޭ އެމެރިކާ ސިފައިންނަށް މިހާރުވެސް ޖަޕާނުން 5 އަހަރަށް 8.6 މިލިއަން ޑޮލަރު ވަނީ ކުރިއާލާ ދީފައޭ ޑިޕްލޮމެސީ ތެރޭން އިންޑިއާ ސިފައިން ބާލާނަމޭ މުއިއްޒު ބުނަނީ އޭނާގެ ޚާރިޖީ ތަޖްރިބާ ކުޑަވެފައި އަދި އޭނާ ދުނިޔޭގެ މިލިޓަރީ ކަންކަމަށް އޭނާ ފުރިހަމަ އަށް ހޭލުންތެރި ވެފައި ނުވާތީއޭ ދެން މިދިޔަ މަހު ފްރާންސްގެ ސިފައިން ފައިބަން އެއްބަސްވީ ފްރާންސްގެ ބޭސް ވަށާލީ އެގައުމުގެ ރައްޔިތުން އެކަމަށް ފަންޑްކުރީ ޗައިނާ އާއި ރަޝިއާއޭ މީ މުޅި ދުނިޔެ ދަންނަ ބޮޑު ސިއްރެކޭ ދެން މިހާރު އިރާގުގައި ތިބި އެމެރިކާ ސިފައިންނަށް ޑްރޯން އިން ހަމަލާދެނީ ހޫތީން އެއީ ވެސް ރަޝިއާގެ މަދަދޭ މިނޫން ގޮތަކަށް އެއްވެސް ގައުމެއްގެ ސިފައިން ނުފަައިބާނެއޭ ޑިޕްލޮމެސީ އެއީ މިލިޓަރީ ސިފައިން ބާލަން އޮންނަ ފުރަތަމަ އަދި ފަހު ހައްލު ވެސް ނޫނޭ…

  6. ތަބަލާތި

    އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު ރަސްމީ ކޮށް ސަރުކާރުން އިއުލާން ކުރާށޭ ނިކަން ފިރިހެންވަންތަ ވެރިކަމެކޭ މަމެން ޕިންކީން ކޮށް ނިންމާލީ އެހާ ރަނޑު ބަތްކައްކާ ކުޅޭ ވެރިކަމެއް ނޫނޭ މަމެން ޕިންކީން ކުރަނީ ބަތްކައްކާ ކުޅޭ ވެރިކަން ކުރާނީ އެއީ އެމްޑީޕީއޭ އެއީ ތަންކޮޅެއް ދަށް ފަންތިއޭ މަމެން ޕިންކީން ވެރިކަން ކުރާއިރު އިންޑިއާ ޖެހޭނީ ބޯތިރި ކޮށްލަން މަމެން ފެނުމުން ސަބަބަކީ އެމެންނަށް ކާންދެނީ މަމެންނޭ އެމެން ނޫނޭ ބިރުނުގަނެ ފިރިހެނެއް ގޮތަށް ކުރިމަތިލާށޭ އިންޑިއާ އާއި އެކު ފިނި ހަނގުރާމަ ކޮށްގެން މެނުވީ އިންޑިއާ ސިފައިން ނުބޭލޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ ރައީސް ޔާންޓޭ ވެރިކަމުގައި މުއިއްޒު ވަޒީރު ކަން ކުރިއިރު ވެސް މުއިއްޒު އަށް ޔާންޓޭ އޮފީހުގެ ކޮޓަރީގައި ރާވާ ގައުމީ ބޮޑެތި ރޭވުން ޚިޔާލަށް ވެސް ނުގެނެވޭނެއޭ ޑޮލަރު ކިއޫ ދުއްވާލީ އެގޮތަށް ނެރުނު ވަރުގަދަ ފޯރމިއުލާ އަކުންނޭ އެމްޑީޕީ އާލާތުން ކޮސްވެގެން ދިޔާދޯ މިކަން ޔާންޓޭ ކުރި ގޮތުން…

  7. ދަންނާތި

    އިންޑިއާ ސިފައިން މިގައުމަށް އަރާ މިގައުމުގެ މިނިވަންކަން ފޭރިގަނެގެން އުޅެނީ އެއީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކަލަށް ކަމަށް ބުނެއޭ އިންޑިއާ ކަނޑަކީ އެއީ އިންޑިއާގެ ވަށަައިގެންވާ ކަނޑުތަކޭ ރާއްޖޭގެ ވަށައިގެންވާ އެންމެ ކަނޑަކަށް ވެސް އިންޑިއާ ކަނޑުން ނަންދީފައި ނުވާނެއޭ ޗައިނާ އިން ނޫޅެއޭ ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭނިގަންނާން ޗައިނާ އާއި އިންޑިއާ އަށް ވާދަނުކުރެވޭނެއޭ އިންޑިއާ އެކަން ހަނދާން ނައްތާލަން ޖެހޭނީ އިންޑިއާ ސިފައިން ބާލަންވީއޭ ބާލާ ބާލާ ބާލާ އިންޑިއާ އެމްބަސޭ ލޮލީ ޖާބިރު ފަދަ ބޮޑެތި ވަގުންނަށް ސުޕާރީ ދީގެން ތަމެން އެވަގު މެދުވެރިކޮށް މަޖްލީހުގައި އިންޑިއާ ސިފައިން މިގައުމުގައި ބައިތިއްބަން އޭނާ މެދުވެރިކޮށް އޭނާ ލައްވާ ފެލެނެ ނަހަދާތި އޭނާގެ މުޅި ވިޔާފާރި ފުނޑާލާން ނޫން ގޮތަށް ނޫނީ ތަ ހަނދާންކުރާތި މަމެން ޕިންކީންގެ ވެރިކަން މިއޮތީ ރައީސް ޔާންޓޭ ވެސް ދޫވާނެ މަމެން މިއަންނަނީ 5 އަހަރު ޖަލުގައި ތެޅި ތެޅިފައި މަމެންގެ ދެން ނުހުންނާނެއޭ ލަދެއް ހަޔާތެއް ތަ އިންޑިއާ އެމްބަސޭ އެކަން ރަނގަޅަށް ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި

  8. އެއްލާލާ

    އިންޑިއާ އިންޑިއާ ސިފައިން ގޮވައިގެން ތަމެން ގެނައި ހެލިކޮޕްޓަރު ގަނޑާއި އަދި ޑޯނިއަރ ހިފައިގެން ވަގުތު އޮތްވާ އަވަހަށް ތަމެންގެ ރަށަށް ކަނޑާލަންވީއޭ ރާއްޖޭގެ ވަށައިގެން އޮންނަނީ އެއީ އިންޑިއާ ކަނޑޭ ކިޔާ އޮޅުވާލާ މަކަރާއި ހީލަތް ހެދޭނީ އިބޫ އަށޭ މަމެންނަށް ނެހެދޭނެއޭ މީގައި މިނޫން އެއްވެސް ގޮތެއް އިންޑިއާ އިން ދައްކައިގެން ނުވާނެއޭ މިއާއި ތަމެން ދީފައިވާ ލޯނާއި ނުގުޅުވާށޭ އަދި އިންޑަސްޓްރިއަލް ވިލެޖް އިން ވެސް ޖެހޭނީ ފައިބާން ތަމެން ދޭ ގުޅިފަޅަށް ބަދަލުކުރާށޭ ކޮންމެހެން އިންޑިއާ ބްރިޖް އަޅާ ކައްޕަޅި ކުންފުނި މާލޭ އިންޑަސްޓްރިއަލް ވިލެޖް ގައި ހިލޭ ތިބެން ނުޖެހޭނެއޭ ތިބޭނަމަ މަހަކު 10 މިލިއަން ޑޮލަރުގެ ކުއްޔެއް ދޭން ޖެހޭނެއޭ އެނޫން ގޮތެއް މީގައި އޮވެގެން ނުވާނެއޭ މީ މާލެ އޭ މީ އައްޑޫ އެއް ނޫނޭ އިންޑިއާ ތަމެން ރުޅި އަޔަސް އެއީ މަމެން މިހާރު ހާސްވާ ކަމެއް ނޫނޭ…