ޚަބަރު

ކުރީގެ ޗީފް ޝަމާލް ރިޓަޔާކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފިއެވެ.

Ads by STELCO

ސިފައިންގެ ހިދުމަތުން ޝަމާލް ރިޓަޔާ ކުރެއްވިއިރު އޭނާ މިހާތަނަށް ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ. އެ މަގާމަށް ޝަމާލު އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ހުވާ ކުރެއްވުމަށްފަހު އެ މަގާމަށް ވަނީ ކުރިން ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުލް އަބްދުއްރަހީމް އަބްދުލްލަތީފު އައްޔަން ކުރައްވާފައެވެ.

ޝަމާލް ރިޓަޔާ ކުރެއްވިއިރު ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ރިޓަޔާ ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!