ޚަބަރު ސަރުކާރު

ރައީސް ޑރ. މުޢިއްޒުގެ އަރިހަށް އިންޑިއާގެ މިނިސްޓަރ އޮފް އަރތް އެންޑް ސައިންސަސް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާގެ މިނިސްޓަރ އޮފް އަރތް އެންޑް ސައިންސަސް، ކިރަން ރިޖިޖޫ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Ads by MWSC

މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އިޙްތިރާމްގެ މި ޒިޔާރަތުގައި އިންޑިއާގެ މިނިސްޓަރ ވަނީ، އިންޑިއާ ސަރުކާރާއި ރައްޔިތުންގެ އިތުރުން އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭކަން ފާހަގަ ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށާއި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގިނަ ދިވެހި ރައްޔިތުން ވޯޓު ދީފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުގެ ފަރާތުން އެދޭނެ ކަމުގެ އުއްމީދާއެކު ކަމަށެވެ.

އެހެންކަމުން ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް މިއެދުމަށް އިޖާބަދޭނެކަމުގެ އުންމީދު ކުރައްވާކަމަށާއި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ސަބަބުން، ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ބަލި މީހުން އުފުލުމަށް މަގުފަހިވެފައިވާ ކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މި ދެބޭފުޅުން ވަނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން އަޅަމުންދާ ބްރިޖުގެ މަސައްކަތް ނިންމުން ލަސްވާން ދިމާވާ ސަބަބުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެގައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ އަޒުމް ދެ ބޭފުޅުންގެ ފަރާތުންވެސް އާކުރައްވަމުންނެވެ.

Ads by Ooredoo
  1. ބަލާށޭ

    ޚާރިޖީ ވުޒާރާ ދަށުގައި އޮތް 17 އެމްބަސީ އެބަޖެހޭ 5 އެމްބަސީ އަށް ބަދަލު ކުރަން އެގޮތުން ލަންކާ އަދި ބަންގާޅު އަދި ޕާކިސްތާނު އަދި ނޭޕާލް އަދި މެލޭޝިއާ ގައި އެމްބަސީ ތައް ހުރީމާ ނިމުނީއޭ ދެން ހުރި ހުރިހާ އެމްބަސީ ތައް ބަންދުކޮށް އެތަންތަނުގައި މަޖާކުރަން ތިބި އެންމެން ގެންނާށޭ އެމްބަސީ ބަދަލުގައި ވާރޗުއަލް އެމްބަސީ އެއް ގާއިމް ކުރާނީ އަދި ވާޗުއަލް އެމްބަސީ ހުންނަ ގައުމެއްގެ މުވައްޒަފަކަށް މުސާރަ ދީފައި އޭނާގެ ގޭގައި ވާޗުއަލް އެމްބަސީ ހުރީމާ ނިމުނީއޭ މިކަން މިގޮތަށް ކުރާށޭ ރައްޔިތުން ފެލައިގެން ސަރުކާރަށް ނަގާ ފައިސާ އިން ނާޗަރަނގީ ނުތަޅާށޭ…