ކުރީ ސަރުކާރަށް ނިންމުނީ ބްރިޖުގެ 27 އިންސައްތަކަން ހާމަވެއްޖެ
ތިލަމާލެ ބްރިޖު މަޝްރޫޢު މިހައިތަނަށް ނިމިފައިވަނީ 27 އިންސައްތަ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ތިލަމާލެ ބްރިޖު މަޝްރޫޢު އަކީ ކުރީ ސަރުކާރުން ނިންމަން އުޅުނު އެންމެ ބޮޑު މަޝްރޫޢުޢެވެ.
މި މަޝްރޫޢު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ އެއްބަސްވުން އޮތް ގޮތުން މިހާރު އޮންނަން ޖެހޭނީ ބްރިޖު 77 އިންސައްތަ މަސައްކަތް ނިމިފައި ކަމަށެވެ. ނަމަވެސް މިހައިތަނަށް ނިމިފައިވަނީ ބްރިޖުގެ 27 އިންސައްތަ މަސައްކަތް ކަމުގައި ފިރުޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އަދި ސްޕީޑު ބާރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. މިކަން ވީހައިވެސް އަވަހަށް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަކީ ސަރުކާރުގެ އަމާޒުކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. ދިގުމިނުގައި 6.7 ކިލޯ މީޓަރުގެ ބްރިޖެއް ޤާއިމުކުރުމަށް މި މަޝްރޫޢުގައި ވަނީ ހިމަނުއްވާފައެވެ.
މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ.
ތިލަމާލެ ބްރިޖް އަޅާ ކޮންޓްރެކްޓަރު ބުނަނީ ތިމަންނާ މެންނަށް މާލެ އާއި ވިލިގިލި އާއި ދެމެދު ކަނޑުގެ އޮއިވަރު ހުންނަ ގޮތް ނޭގޭތީއޭ ބްރިޖް ލަސްވީ މިއިން އެގިގެންދާ އެއްޗަކީ އެއްވެސް ދިރާސާ ރިޕޯރޓެއް ތައްޔާރު ނުކޮށް ރައީސް އިބޫގެ ސަރުކާރުން ބްރިޖް އަޅަން ހަވާލު ކުރީއޭ އަދި ހަވާލު ކުރި ކޮންޓްރެކްޓަރ އަކީ މިފަދ މަސައްކަތެއް ކުރި ބައެއް ނޫނޭ ދުވަހަކު ވެސް އިންޑިއާ އެގްޒިމް ބޭންކް އިން ދޭ ލޯން އިން ބޮޑު ބައެއް އިންޑިއާ ގައި ތިބޭ ބޭންކް މީހުންނަށް ވެސް ދޭން ޖެހޭ އިތުރަށް 100 މިލިއަން ޑޮލަރު ދިނީ މީ އެގޮތަށް ދޭ ކަޓޭ އިންޑިއާ އިން ކުރަނީ މުޅިން ވެސް ވައްކަމޭ ތިޔާ ބްރިޖް މަޝްރޫއު ހުއްޓާލާ އެފްކޮންސް ބާލާށޭ މާލޭން އަދި ބްރިޖް ގައި ނުނިމި ހުރި ބައި ޗައިނާ އާއި ހަވާލު ކުރޭ އިތުރަށް ދެން އިންޑިއާ އިން ބްރިޖްގެ ލޯން ނަގާނެ ކަމެއް ނެތޭ…