Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރުމުގެ ހައިސިއްޔަތު ގެއްލިއްޖެ

މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރުމުގެ ހައިސިއްޔަތު ގެއްލިއްޖެ

މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލިއްޖެއެވެ.

މަޖިލީހުގައި އެމްއެންޕީއަށް އޮތް ހައިސިއްޔަތު ގެއްލިފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރުކަމުން އަހުމަދު އުޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މަޖިލީހުގައި އެމްއެންޕީއަށް ނިސްބަތްވާ ތިއްބަވަނީ ތިން މެންބަރުންނެވެ. އެއީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއެވެ.

Advertisement
Allied — Dhen Online (box)

އުޝާމް މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އަލަށް އުފެދުނު ސަރުކާރުގެ ބަންޑާރަ ނައިބުގެ މަގާމަށް ވަޑައިގަތުމަށްޓަކައެވެ.

މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ މަޖިލީހަށް އިންތިޚާބުވުމަށް ފަހު ސިޔާސީ ޕާޓީއެއްގެ ނަމުގައި ތަމްސީލްކުރުމަށް އެދޭ މެންބަރުންގެ ޢަދަދު އެއްވެސް ވަގުތެއްގައި 3 މެންބަރުންނަށް ވުރެ މަދުވެއްޖެ ނަމަ އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލްކުރުމަށް ލިބޭ ހައިސިއްޔަތު އެ ޕާޓީއަކަށް ގެއްލިގެންދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް