ރޭގެ އެކްސިޑެންޓުގައި ޒަހަމްވި އެކަކު އައިސީޔޫގައި
ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު އެކަކަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް 3 ސައިކަލުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 19:42ހާއިރުއެވެ.
ފުލުހުން ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 2 ސައިކަލުގައި ތިބި 4 މީހުންނަށް ކަމަށާއި އެމީހުންނަށް މިހާރުވެސް ފަރުވާ ދެމުންދާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުން މިއަދު ވިދާޅުވީ އެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.
Ads by Allied Insurance